ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ދޭ މެޑިކަލް އަދި ސްޕައުސް ވިސާ އެއް އަހަރަށް އިތުރުކޮށްފި
ސްރީލަންކާގައި ދިރިއުޅޭ ބައެއް ދިވެހިން: ފޮޓޯ-ރައީސް އޮފީސް

ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ދޭ މެޑިކަލް އަދި ސްޕައުސް ވިސާ އެއް އަހަރަށް އިތުރުކޮށްފި

11 hours ago - 22:47
Aug 5, 2025 - 22:47
Advertisement
Advertisement

ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ދޭ މެޑިކަލް އަދި ސްޕައުސް ވިސާ އެއް އަހަރަށް އިތުރުކޮށްފިއެވެ.

ސްރީލަންކާ ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ ދިވެހިންނަށާއި, ބޭސްފަރުވާއަށްދާ ދިވެހިންނަށް އެއް އަހަރު ދުވަހުގެ ވިސާ ދޭން ފެށީ މިމަހުގެ ފުރަތަމަ ދުވަހުއެވެ.

ސްރީލަންކާއަކީ ގިނަ ދިވެހިން ދިރިއުޅެމުންދާ އަދި ޞިއްޙީ ފަރުވާއަށް ދަތުރުކުރާ ޤައުމަކަށްވާތީ، މި ނިންމުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވިސާއާ ގުޅޭ ކަންކަމުގައި ދިމާވާ ގޮންޖެހުންތަކަށް ޙައްލެއް ލިބިގެންދާނެކަމަށް ފޮރިންގ މިނިސްޓްރީން ވިދާޅުވިއެވެ.

ވިސާއަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި, ވަކިން ޚާއްޞަކޮށް، ސެކިއުރިޓީ ކްލިއަރެންސްއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ. ވިސާއަށް އެދޭ ފަރާތުގެ ސެކިއުރިޓީ ކްލިއަރެންސްގެ ރެކޯޑުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، އޭގެ ސަބަބުން ވިސާ ބާޠިލުވުން ފަދަ ނޭދެވޭ ނަތީޖާއެއް ކުރިމަތިވެދާނެތީ، އެކަމަށް ސަމާލުވުމަށް ސްރީލަންކާ ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement
Advertisement

ސްރީލަންކާގައި ދިރިއުޅޭ ދިވެހިން މި ކަންތައްތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ފޮރިންގ މިނިސްޓްރީން ވަނީ އެދިފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement