ޣައްޒާ ހިފަން އުޅޭ މައްސަލައިގައި ނަތަންޔާހޫ އާއި އަސްކަރީ އިސްވެރިންގެ މެދުގައި ހިޔާލުތަފާތުވުމެއް!
ނަތަންޔާހޫ އަސްކަރިއްޔާގެ ބައެއް ވެރިންނާއެކު: ފޮޓޯ: ދި ގާޑިއަން

ޣައްޒާ ހިފަން އުޅޭ މައްސަލައިގައި ނަތަންޔާހޫ އާއި އަސްކަރީ އިސްވެރިންގެ މެދުގައި ހިޔާލުތަފާތުވުމެއް!

އިދިކޮޅު ޕާޓީންވެސް ދެކޮޅު

12 hours ago - 00:33
Aug 6, 2025 - 09:16

ޣަައްޒާ "ހިފުމަށް" އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިންމުމާ ގުޅިގެން އިޒްރާއިލްގެ އަސްކަރިއްޔާގެ އިސްވެރިންނާއި ދެމެދު އެކަމުގައި ހިޔާލުތަފާތުވުން އުފެދިފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިޒްރާއިލްގެ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި އަސްކަރީ ޗީފް އޮފް ސްޓާފް އެޔާލް ޒަމިރް ވަނީ ޣައްޒާ ހިފުމުގެ ޕްލޭނާ ދެކޮޅު ހަދާފައެވެ. އަދި ޣައްޒާގެ މުސްތަގުބަލާ ގުޅޭގޮތުން ނަޔަންޔާހޫގެ ވިޝަންގައި ބޭނުންކުރާ "ޣައްޒާ ހިޞާރުކުރުމާ" ވަޒީރުންގެ މަޖިލީހުގެ ބައެއް މެމްބަރުން ނުރުހެއެވެ.

އިޒްރާއިލްގެ މައި އިދިކޮޅު ޕާޓީގެ ލީޑަރު ޔައިރް ލިޕިޑްވެސް ވަނީ ނަތަންޔާހޫގެ ޕްލޭން ކުރިއަށް ގެންގޮސްފިނަމަ ޣައްޒާގައި ތިބި ހުރިހާ ރަހީނުން ބަނޑަށް މަރުވާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި މީގެ އިތުރުންވެސް ރަހީނުންނަށް އަނިޔާއާއި އެހެނިހެން ކަންކަމާ ކުރިމަތިލާންޖެހިދާނެ ކަމަށްވެސް ލިޕިޑް ވަނީ ބުނެފައެވެ.

"އިޒްރާއިލްގެ ދަށަށް ޣައްޒާގެ އެއްވެސް ބައެއް ގެނެސްފިނަމަ އެހިސާބުން އެތަނުގައި ތިބޭ ފަލަޞްޠީނުގެ ރައްޔިތުންގެ ކަންކަން ކުރަން ސައުދީ, އެމިރޭޓްސް ނޫނީ ޔޫރަޕުން ލޯ ލާރިިއެއްވެސް ދެން ނުލިބޭނެ. އެހިސާބުން އެތަނުގެ ހުރިހާ ކަމަކާ އިޒްރާއިލް އިން ހަވާލުވާން ޖެހޭނީ. އިޒްރާއިލްގެ ރައްޔިތުންގެ ފައިސާ އެކަމަށް ހަރަދުކުރަންޖެހޭނީ" ޣައްޒާ ހިފުމުގެ ސިޔާސީ އަދި މާލީ ބުރައަށް އިޝާރާތްކޮށް ލިޕިޑް ބުނެފައި ވެއެވެ.

Advertisement
Advertisement

އިޒްރާއިލްގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ނަތަންޔާހޫގެ ހިޔާލާއި ޕްލޭން އެންމެ އެކަށީގެންްވާ ގޮތުގައި ތަންފީޒުކުރުމަށް އަސްކަރިއްޔާގެ ފަރާތުން ދެކޮޅުހެދުންތަކެއް ހުރިނަމަވެސް ޕްލޭނާއެކު ކުރިއަށް ދިއުމަށް ނަތަންޔާހޫ ބޭނުންވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow