ޣަައްޒާ ހިފުމުގެ އޮޕަރޭޝަން ރަސްމީކޮށް ފަށާ, އިއްޔެ ވެސް 115މަރު! ހޮސްޕިޓަލްތަކުން ކަފުންފޮތި ހުސްވެއްޖެ!
ބެއިތް ލަހިއާއިން ޣައްޒާގެ ރައްޔިތުން އިއްޔެ ނިކުމެގެންދަނީ. ކޮންމެ ދުވަހަކީވެސް ނަކްބާ. ފޮޓޯ: އައި އޮން ޕަލަސްޓައިން އިންސްޓަގްރަމް

ޣަައްޒާ ހިފުމުގެ އޮޕަރޭޝަން ރަސްމީކޮށް ފަށާ, އިއްޔެ ވެސް 115މަރު! ހޮސްޕިޓަލްތަކުން ކަފުންފޮތި ހުސްވެއްޖެ!

1 month ago - 08:27
May 17, 2025 - 09:30

ޣައްޒާ ހިފުމުގެ އޮޕަރޭޝަން އިއްޔެ ރަސްމީކޮށްފަށާ, އިއްވެސް އިޒްރާއިލްއިން ޣައްޒާއިން 115 މީހުން ޝަހީދުކޮށްލައިފިކަމަށް ޣައްޒާގެ ސިއްހީ މަސްދަރުތަކުން ބުނެފިއެވެ. ހަމަލާތަކާއެކު ޒަހަމްވެގެން ގިނަ ބަޔަކު ހޮސްޕިޓަލްތަކަށް ގެންނަމުންދާއިރު, ކަފުންފޮތި ހޮސްޕިޓަލްތަކުން މިހާރު ހުސްވެފައިވާ ކަމުގައި ހޮސްޕިޓަލްތަކާ ހަވާލާދީ އަލް ޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ.

އިޒްރާއިލްގެ އަސްކަރިއްޔާއިން ވަނީ  ފާއިތުވި 24 ގައިޑިއިރުގެ ތެރޭގައި ދިން ހަމަލާތަކަކީ އަސްކަރިއްޔާގެ އޮޕަރޭޝަންތައް ފެށުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް ބުނެފައެވެ. އޮޕަރޭޝަން 'ގިޑިއޮންސް ޝެރިއޮޓް' ގެ ނަމުގައި ފެށި މި އޮޕަރޭޝަނާއެކު އިޒްރާއިލްގެ ފައުޖުތައް އެކި ދިމަދިމާއިން ޣައްޒާގެ ސަރަހައްދުތައް އެމީހުންގެ ބާރުގެ ދަށަށް ގެންނާނެކަމަށް ވަނީ ބުނެފައެވެ.

އުތުރު ޣައްޒާގެ ބޮޑު ބަޔަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާއިރު ޖަބާލިއާ ރެފިއުޖީ ކޭޕްމް ހުންނަ ބެއިތް ލަހިއާ އިން އާންމުން ފައްސާ, ހުއްޓުމެއްނެތި ދޭ ހަމަލާތަކާއެކު އެތައްބަޔަކު އިއްޔެ ވަނީ އެސަރަހައްދު ދޫކޮށް ގޮސްފައެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން އިޒްރާއިލްގެ ކޮންމެ ހަތަރު މިނެޓަކުން ޣައްޒާއަށް ވައިގެ ހަމަލާއެއް ދެއެވެެ.

ހަމަލާތަކުގައި ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ވަނީ 260 ށްވުރެ ގިނަ މީހުން ޝަހީދުކޮށްލާައެވެ. ހޮސްޕިޓަލްތަކުން ކަފުން ފޮތި ހުސްވުމާއެކު އާއިލާގެ ބާކީތިބި މެމްބަރުންނަށް މައްޔިތުންނަށް އެކަށީގެންވާ ގޮތަށް ކަފުންކޮށް ވަޅުލުމުގެ އިންތިޒާމް ގެއްލިފައިވާކަމަށް އެސަރަހައްދުން ރިިޕޯޓްކުރި އަލްޖަޒީރާގެ ނޫސްވެރިޔާ ހަނީ މުޙައްމަދާ ހަވާލާދީ އެނޫހުގައި ބުނެފައި ވެއެވެ.

Advertisement
Advertisement

ޣައްޒާގެ އިރުމަތީ ފަރާތަށް ބާރުގަދަ ހަމަލާތައްކެއް ދޭ އަޑު އިއްޔެއިން ފެށިގެން ކެނޑިނޭޅި އިވެމުންދާކަމަށްވެސް މުހައްމަދު ރިޕޯޓްކޮށްފައި ވެއެވެ. ހަފްތާއެއްވަންދެން އިރުމަތީ ޝުރޭޔާ އަދި ޒެއިތޫން ސަރަހައްދަށް ދިން ހަމަލާތަކުގައި އެތަންތައް މިހާރުވަނީ އެއްކޮށް ގާފުނިތަކަަށް ބަދަލުވެފައި ކަމުގައި މުހައްމަދު ވަނީ ބުނެފައެވެ.

ހަމަ މިވަގުތު އިޒްރާއިލްއިން ދެކުނު ޣާއްޒާގައި އަސްކަރީ ކޮރިޑޯއެއް ޤާއިމްކޮށްފައިވާކަމަށް ޔުނިވަރސިޓީ އޮފް ލަންޑަންގެ ރިސަރޗް ގްރޫޕް, ފޮރެންސިކް އާކިޓެކްޗަރ އިން ވަނީ ބުނެފައެވެ. އެ ގްރޫޕުން ބުނި ގޮތުގައި 'މޮރާގް ކޮރިޑޯ' ގެ ނަމުގައި އެޕްރީލް 2 ގައި ފެށި މި މަސައްކަތާއެކު ރަފަޙްގައި އިޒްރާއިލްގެ އަސްކައްރިއްޔާގެ ގިނަ އައުޓްޕޯސްޓްތަކެއް ވަނީ ޤާއިމްކޮށްފައެވެ. މާނައަކީ ރަފަޙްގެ ބޮޑު ސަރަހައްދެއް އަސްކަރިއްޔާގެ ފުރިހަމަ ބާރުގެ ދަށަށް ގެނެސްފައި އޮތުމެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow