ޗެލްސީގެ މޮޅާއެކު އަމިއްލަ ބާރުގައި, އެސްޓަންވިލާވެސް މޮޅުވެ ގަދަ ފަހެއްގެ ރޭހަށް
ޗެލްސީން މެޗުގެ ހަމައެކަނި ގޯލް ކާމިޔާބުކުރުމަށްފަހު. ފޮޓޯ: ޗެލްސީ

ޗެލްސީގެ މޮޅާއެކު އަމިއްލަ ބާރުގައި, އެސްޓަންވިލާވެސް މޮޅުވެ ގަދަ ފަހެއްގެ ރޭހަށް

6 hours ago - 09:02
May 17, 2025 - 09:29

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓަޑް އަތުން 1-0 ން މޮޅުވެ, ތާވަލްގެ 4 ވަަނަށް އަށް ޗެލްސީ ޖެހިލައިފިއެވެ. ބުރާސްފަތި ދުވަހު އެސްޓަންވިލާއިންވެސް ވަނީ ޓޮޓްނަމް ހޮޓްސްޕަރ 2-0 ން ބަލިކޮށް ގަދަ ފަހެއްގެ ރޭހާ ގުޅިފައެވެ.

ލީގު ތާވަލްގެ ހަތަރު ވަނައިގައި ޗެލްސީ އޮތީ 66 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި  ނިއުކާސަލް އޮތީވެސް ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެންނެވެ. އަދި އެސްޓަން ވިލާ އަށް ތާވަލްގެ ފަސްވަނަ ލިބެނީވެސް 66 ޕޮއިންޓާއެކުއެވެ. ހަ ވަނައިގައި މެންޗެސްޓަރ ސިޓީ އޮތީ 65 ޕޮއިންޓް ހޯދައިގެންނެވެ. ސިޓީ އަންގާރަ ދުވަހު ނިކުންނާނީ ބާންމައުތާ ދެކޮޅަށެވެ. ތާވަލްގެ ގަދަ ފަހަކަށް އެރުމަށްޓަކައި ސިޓީން  މި މެޗުން ކުޑަމިނުން ޕޮއިންޓެއް ހޯދަން މަޖުބޫރުވާނެއެވެ.

ޗެލްސީއަށް ބާކީ އެއް މެޗު އޮތްއިރު އަންގާރަ ދުވަހުގެ މެޗު ނުލާ ސިޓީއަށްވެސް ބާކީ އަދި އެއް މެޗު އެބަ އޮތެވެ. މެއި 25 ގައި ނޮޓިންގްހަމް ފޮރެސްޓާ ދެކޮޅަށް ކުޅޭ މެޗު ޗެލްސީން ކާމިޔާބުކޮށްޕި ނަމަ ޗެމްޕިއަންސް ލީގުގެ ޖާގަ ޗެލްސީއަށް ކަށަވަރުވާނެއެވެ. ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމަށްޓަކައި އުއްމީދުގައި އޮތް ވިލާއިން އިން މެއި 25 ގައި އޯލްޑް ޓްރެފޯޑްގައި މެންޗެސްޓަރ ޔުނައިޓަޑް އާ ދެކޮޅަށް ނިކުންނާނެއެވެ.

62 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައިގައި އޮތް ނޮޓިންގްހަމް ފޮރެސްޓް އަތުގައި ބާކީ ދެމެޗު އޮތްނަމަވެސް ގަދަ ފަހެއްގެ ޖާގައެއް ކަށަވަރު ކުރުމުގެ ފުރުޞަތު ވަނީ ހަނިވެފައެވެ. އާދިއްތަ ދުވަހު ވެސްޓްހެމް އާ ދެކޮޅަށް  ކުޅޭ މެޗުން މޮޅު ނުވެނިއްޖެނަމަ ފޮރެސްޓަށް ގާތްގަނޑަކަށް އުއްމީދު ގެއްލޭނެއެވެ. 

Advertisement
Advertisement

އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި އިނގިރޭސި 6 ޓީމް ވާދަކުރާނެއެވެ. އެއީ ޕްރިމިއަރ ލީގުގެ ގަދަ 5 ޓީމާއި ޔުރޮޕާ ލީގުގެ ޗެމްޕިއަނުންނެވެ. ޔުރޮޕާ ލީގުގެ ފައިނަލްގައި ވާދަކުރާނީ ޕްރިމިއަރ ލީގު ތާވަލްގެ 16 ވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓަޑް އަދި 17 ވަނައިގައި އޮތް ޓޮޓްނަމްއެވެ. ފައިނަލް މެޗު އޮންނާނީ އަންނަ ބުދަ ދުވަހު ސްޕެއިންގެ ބިލްބާއޯގައެވެ. 

ރޭ ޗެލްސީ އަދި މެންޗެސްޓަރ ޔުނައިޓަޑް ވާދަކުރި މެޗުގެ މެޗުގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ ޗެލްސީގެ ސްޕެއިންގެ ޑިފެންޑަރު މާކް ކުކުރޭޔާއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow