މުވާޞަލާތީ ކުރިއެރުމުގެ ބޭނުން ހިފަންވީ ޤައުމަށް ޢާމްދަނީ ހޯދޭނެ މަގުތައް ފަހުކުރަން- ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު: ފޮޓޯ-ރައީސް އޮފީސް

މުވާޞަލާތީ ކުރިއެރުމުގެ ބޭނުން ހިފަންވީ ޤައުމަށް ޢާމްދަނީ ހޯދޭނެ މަގުތައް ފަހުކުރަން- ރައީސް

11 months ago - 10:27
May 17, 2025 - 10:27
Advertisement
Advertisement

މުވާޞަލާތީ ކުރިއެރުމުގެ ބޭނުން ހިފަންވީ ޤައުމަށް ޢާމްދަނީ ހޯދޭނެ މަގުތައް ފަހުކުރަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ މުވާސަލާތީ މަޢުލޫމާތުގެ ދާއިރާގެ ދުވަހުގެ މުނާސަބަތުގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުވާޞަލާތީ ގޮތުން ދުނިޔެ މިދެކޭ ހަލުވި ކުރިއެރުމުގެ ބޭނުން ހިފަންވީ ދިވެހިރާއްޖެ އިޝްތިހާރުކޮށް، މަޤްބޫލުކަން އިތުރު ކުރުމަށް ކަމަށެވެ.

" ޤައުމަށް އާމުދަނީ ހޯދޭނެ މަގުތައް ފަހި ކުރުމަށް." ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މުވާޞަލާތާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގެ އެކި މަސައްކަތްތައް ރާއްޖޭގައި ކުރައްވަވާ ހުރިހާ ޚިދުމަތްތެރީންނަށް ތަހުނިޔާ ދަންނަވާފައެވެ.

" ޤައުމުގެ ތަރައްޤީއާއި މުސްތަޤްބަލަށް މުހިންމު މި ޚިދުމަތުގައި އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދެން." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement