އިޒްރާއިލްއިން ޣައްޒާގެ 15 ސިއްހީ އެހީތެރިން ޤަތުލުކުރި ހާދިސާގައި 'ގެއްލުނު' ޑްރައިވަރު އިޒްރާއިލްއިން މިނިވަންކޮށްފި
ނައްސެރް ޓޭސްޓްތައް ހެދުމަށް ހޮސްޕިޓަލްގައި އެނދުމަތިކޮށްފައި. ފޮޓޯ: ފަލަޞްޠީން ރެޑް ކްރެސެންޓް

އިޒްރާއިލްއިން ޣައްޒާގެ 15 ސިއްހީ އެހީތެރިން ޤަތުލުކުރި ހާދިސާގައި 'ގެއްލުނު' ޑްރައިވަރު އިޒްރާއިލްއިން މިނިވަންކޮށްފި

ހާދިސާގައި ސަލާމަތްވި ހަމައެކަނި މީހާ ހުރީ އިޒްރާއިލްގެ ބަންދުގައި

13 hours ago - 01:26
Apr 30, 2025 - 10:51

އިޒްރާއިލްއިން ދެކުނު ޣައްޒާގެ ރަފަޙްގައި ދިން ވަރުގަދަ ހަމަލާތަކުގައި ރެޑްކްރެސެންޓްގެ ސިއްހީ އެހީތެރިންނާއި މަދަނީ ދިފާއުގެ 15 މެމްބަރުންގެ ޤަތުލްކުރި ހާދިސާގައި ސަލާމަތްވި ޑްރައިވަރު އިޒްރާއިލްގެ ބަންދުގައި ބެހެއްޓުމަށްފަހު ދޫކޮށްލައިފިއެވެ.

މާޗުމަހު 23 ވަނަ ދުވަހު އިޒްރާއިލްއިން ހިންގި މި ބިޔަ ހަނގުރާމައިގެ ޖަރީމާއަށް އަށްފަހު ނައްސެރް ވަނީ ގެއްލިފައެވެ. އިޒްރާއިލްގެ އަސްކަރިއްޔާއިން މެޑިކުންގެ ގަޔަށް ބަޑިޖަހާ ވަޅުލާފައިވާއިރު އެ ހަށިތަކުގެ ތެރެއިން ނައްސެރްގެ ހަށިގަނޑު ފެނިފައި ނުވުމުން އޭނާ ދިރިހުރިކަން ނުވަތަ ނޫންކަންވެސް އަންގާރަ ދުވަހާ ހަމައަށް ވަނީ ޔަޤީން ނުކުރެވިއެވެ.

އެ ހާދިސާއަށް ފަހު އެމްބިއުލާންސް ޑްރައިވަރު އަސަދް އަލް-ނައްސަރާ ހުރީ އިޒްރާއިލްގެ ބަންދުގައެވެ. ނައްސަރް ވަނީ އަންގާރަ ދުވަހު އިޒްރާއިލްއިން ޣައްޒާގެ ތެރެއަށް ދޫކޮށްލި އިތުރު 10 ގައިދީންނާއެކު މިނިވަންކޮށްފައި ކަމުގައި ފަލަޞްޠީނުގެ ރެޑް ކްރެސެންޓާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވެއެވެ.

އިޒްރާއިލްގެ ބަންދުގައި 37 ދުވަހު ހުރުމަށްފަހު މިނިވަންކުރި ނައްސެރް ރެޑް ކްރެސެންޓްގެ ރަތް ޖެކެޓުގައި އޭނާއާ އާއެކު މަސައްކަތްކުރާ މީހުންނާ ބައްދަލުވެފައިވާ ޖަޒުބާތީ ވަގުތުކޮޅު ރެޑްކްރެސެންޓްއިން ވަނީ މީސްމީޑިއާގައި އާންމުކޮށްފައެވެ.

Advertisement
Advertisement

ނައްސެރް މިނިވަންކުރިއިރު އޭނަގެ ސިއްހީ ހާލަތު ދަށަށްގޮސްފައި ވާތީވެ ޣައްޒާގެ އަލް-އަމަލް ހޮސްޕިޓަލްގައި އެނދުމަތިކުރެވި ޓެސްޓްތައް ހެދިފައިވާ ކަމުގައި ރެޑް ކްރެސެންޓުން އެކްސްގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައި ވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow