މިދިޔަ އަހަރު ދަރިވަރުންނަށް 1.2 މިލިއަނަށްރުވެ ގިނަ ރުފިޔާ ދޫކުރި- ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ
ިމިނިސްޓަރ ހައިދަރު މަޖިލިހުގައި, ޖަވާބުދެއްވީ ލިޔުމުން: ފޮޓޯ-ރައްޔިތުންގެ މަޖިލިސް

މިދިޔަ އަހަރު ދަރިވަރުންނަށް 1.2 މިލިއަނަށްރުވެ ގިނަ ރުފިޔާ ދޫކުރި- ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

4 hours ago - 10:05
Apr 30, 2025 - 10:05
Advertisement
Advertisement

މިދިޔަ އަހަރު ދަރިވަރުންނަށް 1.2 މިލިއަނަށްރުވެ ގިނަ ރުފިޔާ ދޫކުރެވިފައިވާ ކަމަށް މަތީ ތައުލީމާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެވުޒާރާއިން މިމައުލޫމާތު ހިއްސާކުރެއްވީ ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުގޫޒު އެކަމާ ގުޅޭގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އަލީ ހައިދަރުއާ ލިޔުމުން ކުރެއްވި ސުވާލެއްގެ ޖަވާބުގައެވެ. މެމްބަރު ސުވާލުކުރެއްވީ ޖަވާބު ލަސްވުމުގެ އިތުރުން ފައިސާ ދޫކުރުން ލަސްވާ މައްސަލާގައެވެ.

ދަރިވަރުން ފޮނުވާ ސިޓީތަކާއި މެއިލްތަކަށް ޖަވާބުދިނުން ލަސްވާ ސަބަބާއި, ފައިސާ ދޫކުރުން ލަސްވާ ސަބަބާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ލިޔުމުން ފޮނުއްވި ޖަވާބުގައި މިނިސްޓަރ އަލީ ހައިދަރު ވިދާޅުވެފައި ވަނީ މިދިޔަ އަހަރު 1.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދަރިވަރުންގެ ކޯސް ފީއާއި, ދިރިއުޅުމުގެ ޚަރަދާއި, އެހެނިހެން ކަންކަމަށް ސީދާ ދަރިވަރުންގެ ނަމުގައި ދޫކުރެވިފައިވާ ކަމަށެވެ. އަދި އެއީ އޭގެކުރިން އެއްވެސް އަހަރެއްގައި ދޫކުރެވިފައިވާ އަދަދު ނޫން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވެފައިވަނީ ފައިސާ ދޫކުރުން އެއީ މިނިސްޓްރީން އެންމެ އިސްކަން ދީގެން ކުރަމުން ގެންދާ މަސައްކަތް ކަމަށެވެ. ނަމަވެސް ލިބޭ ސިޓީއާއި އީމެއިލްތައް ގިނަވުމުގެ ސަބަބުން 7 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭތޯ ބަލަމުން ގެންދަވާ ކަމަށެވެ. އަދި މިހާރު މިނިސްޓްރީން ޓާގެޓްކޮށް މަސައްކަތް ކުރަމުން ގެންދަނީ ތިން ދުވަހުގެ ތެރޭގައި ސިޓީއާއި އީމެއިލްއަށް ޖަވާބު ދެމުން ގެންދެވޭތޯ ބެލުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދަރިވަރުންނަށް ޖަވާބުދިނުން އަވަސްކުރުމަށްޓަކައި މިމިނިސްޓްރީން އިތުރު މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާ ވިދާޅުވީ ދަރިވަރުންނަށް ދޭ ޚިދުމަތްތައް ދިނުން އަވަސަކުރުމަށް ދަރިވަރުންގެ މައުލޫމާތުތައް ބަލަހައްޓާނެ ޕޯޓަލްއެއް އުފެއްދުމުގެ މަސައްކަތްތައް މިހާރު ފައްޓަވާފައިވާ ކަމަށެވެ. މިއަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް އެޕޯޓަލް މެދުވެރިކޮށް މަސައްކަތްތައް ފެށުމުން ދަރިވަރުންގެ ރިކްއިސްޓްތަކަށް ޖަވާބުދިނުން ވަރަށްބޮޑުތަން އަވަސްވެގެންދާނެ ކަމަށް ލިޔުމުން މިނިސްޓަރ ފޮނުއްވި ޖަވާބުގައި ވިދާޅުވެފައި ވެއެވެ.

Advertisement
Advertisement

ސެޕްޓެމްބަރު މަހަކީ ދަރިވަރުން ލޯނާއި އެހީއަށް އެދޭ ދުވަސްވަރަށް ވާތީ އެދުވަސްވަރު މަސައްކަތް އިތުރުރަށް ގިނަވުމުން, ސަރުކާރުގެ އެހެން އޮފީސްތަކުން މުވައްޒަފުން ގެނެސްގެން އަދި އިންޓަރންގެ ގޮތުގައި މުވައްޒަފުން ނަގައިގެންވެސް މަސައްކަތް ކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދަރިވަރުންގެ ކޯލްތަކަށް އަވަހަށް ޖަވާބު ދިނުމަށް މިނިސްޓްރީގައި ކޯލް ސެންޓަރެއް ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

ދަރިވަރުންނާ ގުޅޭ ކަންކަމުގައި ދުވާލެއްގެ މައްޗަށް 600 އަށްވުރެ ގިނަ އީމެއިލް, ސިޓީ މިނިސްޓްރީ އަށް ލިބޭ ކަމަށާއި, ބައެއް ދުވަސްތަކުގައި އެއަށްވުރެ ވެސް އިތުރުވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement