
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރަކަށް އަސްނާ އައްޔަންކުރަނީ
މޯޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އާއިޝަތު އަސްނާ ހަމްދީގެ ނަން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު ވަނީ މަރުކަޒޫ ބޭންކް, އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އަސްނާ އައްޔަންކުރެއްވުމާ މެދު ދެކެވަޑއިގަންނަވާ ގޮތް އަންގަވައިދެއްވުނއ އެދި ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީ މަޖިލިހުގެ ތަޅުމަށް އިއްވެވުމުން މަޖިލިހުގެ ރިޔާސަތުން ނައިބުރައީސް އަހުމަދު ނާޒިމް ވަނީ އަސްނާގެ ނަން ދިރާސާކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާފައެވެ.
އަސްނާ މިވަގުތު ހުންނެވީ އެމްއެމްއޭގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމްގައެވެ. އެމްއެމްއޭގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމް ހުސްވީ ކުރިން އެމަގާމްގައި ހުންނެވި އަހުމަދު އިމާދު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ މާރޗް މަހުއެވެ.
ރިއެކްޝަންސް






