ރިޔާސީ ކޮމިޝަނުގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން މިއަދު
ޑރ..މުޙަްންމަދު މުނަންވަރު

ރިޔާސީ ކޮމިޝަނުގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން މިއަދު

5 hours ago - 10:32
Apr 30, 2025 - 10:32
Advertisement
Advertisement

ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ރިޔާސީ ކޮމިޝަނުން މިއަދު ނޫސްވެރިންނާ ބައްދަލުކުރަން ނިންމާ, ދައުވަތު ފޮނުވައިފިއެވެ.

މިއަދު 1:00 ގައި އޮންނަ ނޫސްވެރިންގެ ބައްދަލުވުމުގެ ދައުވަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ވަނީ މީޑިޔާތަކަށް ފޮނުވާފައެވެ. އަދި މިއަދު އޮންނަ ނޫސްވެރިންގެ ބައްދަލުވުމަކީ މިމަހުގެ 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަހުޤީގުކުރާ, ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަނުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް ކަމަށް އެއޮފީހުން ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުން އޮތީ ކޮމިޝަންގެ އޮފީހުގެ ގޮތުގައި ކަނޑައެޅުއްވި ކުރިން ސައުދީ އެމްބަސީ ހިންގި އިމާރާތުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަންގައި މިހާރު ފަސް މެމްބަރުން ތިއްބަވައެވެ. ފުރަތަމަ ކޮމިޝަން އެކުލަވާލެއްވީ ތިން މެމްބަރުންނާއެކުއެވެ. ނަމަވެސް އޭގެ ތެރޭގައި އަންހެން މެމްބަރަކު ހިމަނުއްވާފައި ނުވާތީ އަމާޒުވި ފާޑުކިއުންތަކާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ އިއްޔެ އަންހެން ދެބޭފުޅުން ކޮމިޝަންގައި ހިމަނުއްވާފައެވެ.

ކޮމިޝަންގެ ރައީސް އަކީ ކުރީގެ އެޓަރނީ ޖެނެރަލް ޑރ.މުހައްމަދު މުނަންވަރެވެ. ކޮމިޝަންގައި ދެން ހިމެނިވަޑައިގަންނަވަނީ ޑރ.މޫސާ މުރާދާއި, ތ. ވޭމަންޑޫ, މޫނިމާގެ ޖަބީން މުޙައްމަދާއި, ހ. ހަބަރުގޭ, އާމިނަތު އީނާސްއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement