
މިނިސްޓަރ އަލީ އިހްސާނަށް ޖަވާބުދާރީވުމަށް އެއް ގަޑިއިރު ދޭން ނިންމައިފި
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިހްސާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް އެއް ގަޑިއިރުގެ ފުރުސަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ނިންމައިފިއެވެ.
އެމްޑީޕީން މިދިޔަ މަހު ހުށަހެޅި މި މައްސަލައިގައި، އެކްސްޕެޓް ސިސްޓަމާ ގުޅޭ މައްސަލައަކާއި، ޑީއެންއާރްގެ ޑޭޓާބޭސް ބޭނުންކޮށްގެން ޒާތީ މަޢުލޫމާތު ނެގި ކަމުގެ ތުހުމަތު ހިމެނެއެވެ.
މީގެ އިތުރުން، ފުލުހުންގެ ތަޙްޤީޤުތަކަށް މިނިސްޓަރ ސިޔާސީ ނުފޫޒު ފޯރުވާ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، މިނިސްޓަރ އަލީ އިހްސާން ވަނީ މި ހުރިހާ ތުހުމަތުތަކަށް އިންކާރުުރައްވާފައެވެ.
މިނިސްޓަރ އިހުސާނުގެ އިތުބާރުނެތްކަމުގެ މައްސަލައެއް އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ އިރު މި ސަރުކާރުން މިހާތަނަށް އެންމެ ހަރަކާތްތެރި، އަދި އެންމެ ގިނަ މަސައްކަތްތަކެއް ރައްޔިތުންނަށްޓަކައި ކުރަމުން ގެންދާ އެއް ވުޒާރާއެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއެވެ.
މީގެ ތެރެއިން ގިނަބަޔަކު އެންމެ ބޮޑަށް ފާހަގަކުރަމުންގެންދާ އެއްކަމަކީ ޒަމާނުންސުރެ ރާއްޖެއަށް ކުރިމަތިވެފައިވާ ބިދޭސީންގެ މައްސަލައެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި މިނިސްޓަރ އިހްސާނުގެ ބެލުމުގެ ދަށުން މިސަރުކާރުން އަންނަނީ ވަރަށް ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ.
ރިއެކްޝަންސް






