ދިވެހި ފަންނުވެރިން މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރަން އެމްއެމްޕީއާރުސީން އެބަސެޑަރުން ހޯދަނީ
ރާއްޖޭގެ ރަށެއް, ރާއްޖޭގެ ރީތިކަން ޕްރޮމޯޓްކުރަން އެމްބެސެޑަރުން ހޯދަން ވަނީ އިއުލާނުކޮށްފަ: ފޮޓޯ-ޙަފްޞީ

ދިވެހި ފަންނުވެރިން މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރަން އެމްއެމްޕީއާރުސީން އެބަސެޑަރުން ހޯދަނީ

10 hours ago - 12:32
Jul 6, 2025 - 12:40
Advertisement
Advertisement

ދިވެހި ފަންނުވެރިންނާއި އާޓިސްޓުން ބޭނުންކޮށްގެ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން އެމްބަސެޑަރުން ހޯދުމަށް މޯލްޑިވިސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީން) ހުޅުވާލައިފިއެވެ.

އެމްއެމްޕީއާރުސީގެ ވިޒިޓް މޯލްޑިވްސްގެ ކުޑައިގެ ދަށުން ދިވެހި ފަންނާނުންނަށް ހުޅުވާލި މި ފުރުޞަތަކީ ދިވެހި އާޓިސްޓުންނާއި ފަންނުވެރިން ބާރުވެރިކުރުމަށް ހުޅުވާލި ފުރުޞަތެކެވެ. އެއާއެކު އެމީހުންގެ ހުނަރާއި ފަންނުގެ ތެރެއިން ދިވެހިރާއްޖޭގެ ދެވަނައެއް ނެެތްފަދަ ގުރުދަތީ ރީތިކަމާއި, ކުލަރީތި ސަގާފަތް މުޅި ދުނިޔެއަށް ފެންނަ ގޮތަށް ކުރަހާލަދިނުމަށް ހުޅުވިގެންދިޔަ ފުރުޞަތެއް ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ހުށަހަޅާ ޕްރޮފޯސަލްތައް އީ-މެއިލް މެދުވެރިކޮށް proposals@visitmaldives.com އަށް ފޮނުވުމުން އެކަމަށް އެދި ހުށަހެޅުނީއެވެ. 

އެމްއެމްޕީއާރުސީން މީގެކުރިން ވަނީ ދުނިޔޭގެ މަޝްހޫރު ފަރާތްތަކާއިއެކު ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް އެއްބަސްވުންތައް ހަދާފައެވެ. އެގޮތުން ދާދި ފަހުން އިންޑިއާގެ މަޝްހޫރު އެކްޓަރު ކެޓްރީނާ ކައިފްއަށް ވަނީ ގްލޯބަލް ޓުއަރިޒަމް އެމްބަސެޑަރު ގެ މަޤާމްވެސް އަރުވާފައެވެ. 

Advertisement
Advertisement

މީގެ އިތުރުން ފާއިތިވި ސީޒަންގައި އިނގިރޭސި ޕްރިމިއަރ ލީގު އުފުުލާލީ ލިވަޕޫލްއާއެކު ވެސް ރާއްޖެ އިޝްތިހާރުކުރުމަށް ވަނީ އެއްބަސްވެފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement