ޓެކްސީ ޑްރައިވަރު ގާސިމް މަރާލި މައްސަލައިގައި އިއްވި މަރުގެ ހުކުމް ހައިކޯޓުންވެސް ދަމަހައްޓައިފި

ޓެކްސީ ޑްރައިވަރު ގާސިމް މަރާލި މައްސަލައިގައި އިއްވި މަރުގެ ހުކުމް ހައިކޯޓުންވެސް ދަމަހައްޓައިފި

1 hour ago - 10:28
Advertisement
Advertisement

ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ ކަރަށް ވަޅިން ހަމަލާދީ ރަހުމްކުޑަ ގޮތަކަށް މަރާލި މައްސަލައިގައި، އަދުހަމް މުހައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ މަރުގެ ހުކުމް ސައްހަ ކަމަށް ހައިކޯޓުން މިއަދު ކަނޑައަޅައިފިއެވެ.


މި މައްސަލައަކީ ކްރިމިނަލް ކޯޓުން ކުރި މަރުގެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި، ކަމާބެހޭ ގާނޫނުގެ ދަށުން ދައުލަތުން ހައިކޯޓަށް ހުށަހެޅި މައްސަލައެކެވެ. މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށާއި، އެ ހުކުމަށް ބަދަލު ގެންނަންޖެހޭ އެއްވެސް ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.


އދ. މާމިގިލީ، ކަނީރުމާގޭ ގާސިމް ހަސަންގެ ކަރަށް ވަޅި ހަރައި މަރާލާފައި އޮއްވާ ފެނުނީ 4 ޑިސެމްބަރު 2019 ވީ ބުދަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކް އުތުރުން އޮންނަ ރީތިގަސް މަގުންނެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ އަދުހަމް މުހައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓުން މަރުގެ ހުކުމް އިއްވީ މިއަހަރުގެ މާޗް މަހުގެ 19 ވަނަ ދުވަހުއެވެ.


މި މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް ކުރިން ވިދާޅުވެފައިވަނީ، ގާސިމަށް ހަމަލާދިން ސަބަބާ ބެހޭގޮތުން ޝަރީއަތުގެ އެކި މަރުހަލާތަކުގައި އަދުހަމް ތަފާތު ވާހަކަތައް ދެއްކި ނަމަވެސް، ގާސިމަށް ވަޅިން ހަމަލާދިން ކަމަށް އޭނާ ތަކުރާރުކޮށް އިއުތިރާފުވެފައިވާ ކަމަށެވެ. އަދި ހަމަލާދިނުމަށް ބޭނުންކުރި ވަޅިން ގާސިމާއި އަދުހަމްގެ ޑީއެންއޭ ފެނިފައިވާތީ، މިއީ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.


ގާސިމް ހަސަންގެ ވާރިސުންގެ ތެރެއިން އެންމެންވެސް ބޭނުންވަނީ މަރަށް މަރު ހިފުމަށް (ގިސާސް ހިފުމަށް) ކަމަށްވާތީ، އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުތަކުގެ ދަށުން އަދުހަމްގެ މައްޗަށް މަރުގެ ހުކުމް ވަނީ އިއްވާފައެވެ. ހައިކޯޓުގެ މި ނިންމުމާއެކު، ދަށު ކޯޓުގެ ހުކުމަށް ގާނޫނީ ބާރުވެރިކަން ވަނީ އިތުރުވެފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement