ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި
ފޮޓޯ: ޕީއެސްއެމް ނިއުސް

ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

1 hour ago - 11:12
Jul 1, 2026 - 11:15

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގާފައިވާ ކަމަށް ބުނާ ޚިޔާނާތުގެ މައްސަލައިގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ.


މި މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ހެނދުނު ހުކުމް އިއްވާފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްފިތާގުންނެވެ. މި ނިންމުމާއެކު، ހައިކޯޓުން ކުރިން ނިންމާފައިވާ ނިންމުމަށް ސުޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފައެވެ.


ވ. އާރަށުގެ މައްސަލައިގައި 25 ޑިސެންބަރު 2022 ގައި ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ޚިޔާނާތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ދަށު ކޯޓުން އެ ހުކުމް އިއްވީ ދައުލަތުން ފަހުން ހުށަހެޅި އާ ހެކިތަކެއް ބަލައިގަތުމަށް ފަހުގައެވެ. ނަމަވެސް، އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، 2023 ވަނަ އަހަރުގެ ފަހުކޮޅު ހައިކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބަލަން އަމުރުކޮށްފައެވެ.


ހައިކޯޓުން އޭރު ނިންމާފައިވަނީ، މައްސަލަ އަލުން ބަލާއިރު ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށެވެ. ދައުލަތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ ހައިކޯޓުގެ އެ ނިންމުން ގޯސް ކަމަށް ބުނެއެވެ. އެހެންނަމަވެސް، ސުޕްރީމް ކޯޓުގެ މިއަދުގެ ނިންމުމާއެކު، ދައުލަތުން ހުށަހެޅި އާ ހެކިތައް ބޭނުންކޮށްގެން ރައީސް ޔާމީނާ ދެކޮޅަށް ދައުވާ ކުރިއަށް ނުގެންދެވޭނެކަން މިވަނީ ކަށަވަރުވެފައެވެ.


މި މައްސަލައަކީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ސިޔާސީ ގޮތުންނާއި ގާނޫނީ ގޮތުން ބޮޑު މައްސަލައަކަށް ވާއިރު، ސުޕްރީމް ކޯޓުގެ މި ނިންމުމަކީ އެމަނިކުފާނަށް ގާނޫނީ ގޮތުން ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ބެލެވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow