މިނިވަން ދުވަހުގެ ޙަރަކާތްތަކަށް 4.1 މިލިއަން ރުފިޔާ ޚަރަދުވި: ހީނާ

މިނިވަން ދުވަހުގެ ޙަރަކާތްތަކަށް 4.1 މިލިއަން ރުފިޔާ ޚަރަދުވި: ހީނާ

2 hours ago - 11:27
Jul 1, 2026 - 11:28
Advertisement
Advertisement

ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ތަފާތު ޙަރަކާތްތަކަށް ސަރުކާރުން ޖުމްލަ 4.1 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު މިއަދު ހާމަކުރައްވައިފިއެވެ.


ވަޒީރު ހީނާ މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު މުޙައްމަދު އިބްރާހީމް ވަނީ މިނިވަން ދުވަހުގެ ޙަރަކާތްތަކަށް ހިނގި ޖުމްލަ ޚަރަދާއި، އެ ޚަރަދުތަކުގެ ތަފްސީލު އޮޅުންފިލުވުމަށް ސުވާލު ކުރައްވާފައެވެ. މީގެ އިތުރުން، މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި މި ޙަރަކާތްތައް ކުރިއަށްދިޔަ ގޮތާ ގުޅޭގޮތުންވެސް މެންބަރު ވަނީ ސުވާލު ކުރައްވާފައެވެ.


މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ހީނާ ވިދާޅުވީ، މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ވުޒާރާއިން ކުރިއަށްގެންދިޔަ ޙަރަކާތްތަކަށް ޚަރަދުވެފައިވަނީ 4.1 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް، އެ ޚަރަދުތަކުގެ ވަކިވަކި ތަފްސީލުތައް މިއަދުގެ ޖަލްސާގައި ހާމަކުރައްވާފައެއް ނުވެއެވެ.


"ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށް މި ވުޒާރާއިން ހިންގެވި ޙަރަކާތްތަކަށް ޖުމްލަ ޚަރަދުވެފައިވަނީ 4.1 މިލިއަން ރުފިޔާ. މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެން މާލެ ފިޔަވައި އަތޮޅުތެރޭގެ އެއްވެސް ރަށެއްގައި މި ޙަރަކާތް ހިންގާފައެއް ނުވޭ،" ވަޒީރު ވިދާޅުވިއެވެ.


މިދިޔަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު ފާހަގަކުރި ރާއްޖޭގެ މިނިވަންކަމުގެ 60 ވަނަ އަހަރީ ދުވަހާ ގުޅިގެން މާލެ އާއި ހުޅުމާލޭގައި ކުލަގަދަ ޙަރަކާތްތަކެއް ވަނީ ބާއްވާފައެވެ. އޭގެ ތެރޭގައި އެމްއެންޑީއެފްގެ އަސްކަރީ ޕެރޭޑާއި، ޤައުމީ ކެޑޭޓުކޯގެ ޕެރޭޑްގެ އިތުރުން ސްކޫލުތަކުގެ ކުޅިވަރުތަކާއި ސަޤާފީ ޙަރަކާތްތައް ހިމެނެއެވެ. އަދި އާންމުންގެ ބޮޑު ތަރުޙީބެއް ލިބުނު ފުޅަނދުބުރުގެ ޙަރަކާތްތައްވެސް މާލެ ސަރަޙައްދުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement