'ހަމަމަގު' އޮޕަރޭޝަނުން 83 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!
އައްޑޫ ސިޓީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްގައިވާ ބިދެސީން: ފޮޓޯ-އިމިގްރޭޝަން

'ހަމަމަގު' އޮޕަރޭޝަނުން 83 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

10 months ago - 22:39
Jun 27, 2025 - 22:39
Advertisement
Advertisement

މޯލްޑިވްސް އިމިގްރޭޝަނުން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ 'ހަމަމަގު' އޮޕަރޭޝަނުން 83 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މަހުގެ 25 ވަނަ ދުވަހު އައްޑޫ ސިޓީގެ ހުރިހާ އަވަށްތަކެއްގައި ކުރިއަށް ގެންދިޔަ ޚާއްޞަ ރެއިޑް އޮޕަރޭޝަންގައި އިމިގްރޭޝަންގެ ބެލިމުގެ ދަށަށް ގެންދިޔައީ އައްޑޫ ސިޓީގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންނެވެ.

އިމިގްރޭޝަން ކޮންޓްރޯލަރ ކުރީގެ ޕޮލިސް ކޮމިޝަނަރ އަހުމަދު ފަސީހު ވިދާޅުވީ އައްޑޫ ސިޓީގައި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އެސިޓީގައި ގިނަކަމަށް މައުލޫމާތު ލިބިފައިވާތީ ކަމަށެވެ.

އޮޕަރޭޝަންގައި އިމިގްރޭޝަން އޮފިސަރުންގެ އިތުރުން ފުލުހުންވެސް ބައިވެރިވިއެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ މިސަރުކާރުގެ ވައުދެކެވެ. އަދި ނަތީޖާއެއް ނެރެވޭކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަކީވެސް މިއީއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement