އުނގޫފާރު ފަޅުތެރެއިން އިތުރު 3 ހެކްޓަރުގެ ބިން ހިއްކަނީ

އުނގޫފާރު ފަޅުތެރެއިން އިތުރު 3 ހެކްޓަރުގެ ބިން ހިއްކަނީ

" އަޅުގަނޑު ވީ ވައުދެއް ވިއްޔާ ވައުދުވީ ގޮތަށް، އެކަންކޮށްދޭނަން، ވައުދުވިން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކަދޭނެ ކަމަށް، މިހާރު ސްކޯޕްގައި އޮތް ވަރަށް ވުރެއް އިތުރު 3 ހެކްޓަރުގެ ބިން ހިއްކީމައި، ފަޅުތެރެއިން ހިއްކަން އޮތްއެންމެ ބޮޑަކަށް ހިއްކޭނެ" ރައީސް

5 months ago - 19:24
Feb 11, 2024 - 19:25
Advertisement

ރ. އުނގޫފާރުގެ ފަޅުތެރެއިން އިތުރު ތިން ހެކްޓަރުގެ ބިން ހިއްކުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ ތެރެއިން ރ.އުނގޫފާރު، ދުލިހުރާގޭ، އަޙްމަދު ޝިޔާމް، ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާ އަށް ޝިޔާމް ދެންނެވި ސުވާލުގައިވަނީ އުނގޫފާރުގެ ފަޅުތެރެއިން ބިން ހިއްކެން އޮތް ވަރަކަށް ބިން ހިއްކައިދޭނެ ކަމަށް ރިޔާސީ ކެމްޕެއިންގައި ރައީސްގެ ވައުދުވެފައިވާ ކަމަށާއި އެހެންނަމަވެސް ބިން ހިއްކަމުން ދަނީ ކުރިންވެސް ހިއްކަން ހަމަޖެހިފައިވާ ވަރަށް ކަމަށްވާތީ އެކަމާއި ކަންބޮޑުވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ހިއްކެން އޮތް އެންމެ ބޮޑަކަށް އުނގޫފާރު ފަޅުތެރެއިން ހިއްކުމަށް ނިންމާފައިވާކަމަށެވެ.

Advertisement

އަދި އިތުރު ތިން ހެކްޓަރުގެ ބިން އެރަށުގެ ފަޅުތެރެއިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

" އަޅުގަނޑު ވީ ވައުދެއް ވިއްޔާ ވައުދުވީ ގޮތަށް، އެކަންކޮށްދޭނަން، ވައުދުވިން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކަދޭނެ ކަމަށް، މިހާރު ސްކޯޕްގައި އޮތް ވަރަށް ވުރެއް އިތުރު 3 ހެކްޓަރުގެ ބިން ހިއްކީމައި، ފަޅުތެރެއިން ހިއްކަން އޮތްއެންމެ ބޮޑަކަށް ހިއްކޭ،" ރައީސް ވިދާޅުވިއެވެ.

އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ އެމްޓީސީސީންނެވެ.

އެކުންފުންޏާ މިމަސައްކަތް ހަވާލުކުރީ 2021ވަނަ އަހަރު ނަމަވެސް އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަމަހުގައެވެ.

މި މަޝްރޫޢުގެ ދަށުން 10 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

މީގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމަށް 1150 މީޓަރުގެ ރިވެޓްމަންޓަކާއި 75 މީޓަރުގެ ހުރަސް ތޮށިލުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement