ޣަައްޒާގެ 'މަރުގެ ދަންތުރަ' އިން މަހެއްގެ ތެރޭގައި 700 އަށްވުރެ ގިނަ ޤަތުލް
އެހީބަހާ ޕޮއިންޓެއްގެ ކައިރީގައި ޣައްޒާގެ ރައްޔިތުން އެއްވެފައި. ފޮޓޯ: ވެއަރ ދި ޕީސް

ޣަައްޒާގެ 'މަރުގެ ދަންތުރަ' އިން މަހެއްގެ ތެރޭގައި 700 އަށްވުރެ ގިނަ ޤަތުލް

11 hours ago - 02:51
Jul 6, 2025 - 05:01

އިންސާނީ އެހީ ބެހުމުގެ ނަމުގައި ޣައްޒާގައި ޖަހާފައިފައިވާ 'މަރުގެ ދަންތުރަތަކުން' މަސްދުވަހުގެ ތެރޭގައި 743 މީހުން އިޒްރާއިލްއިން  ޤަތުލްކޮށްފައިވާކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެފިއެވެ. ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) ގެ ނަމުގައި އެމެރިކާ އާއި އިޒްރާއިލް އިން އެހީ ބެހުމުގެ ނަމުގައި ގާއިމްކޮށްފައިވާ ޕޮއިންޓްތަކުގައި ދުވާލަކު އެތައް ޖަރީމާއެއް ޔަހޫދީ ސިފައިން ދަނީ ހިންގަމުންނެވެ. 

ޣައްޒާގެ ހެލްތު މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި ފާއިތުވި ދެތިން ހަފުތާގެ ތެރޭގައި ޔަހޫދީ ސިފައިން އެތަންތަނަށް އެއްވެފައި ތިބޭ އާންމުންނަށް އަމާޒުކޮށްދިން ހަމަލާތަކުގައި 4,891 މީހަކު މިހާތަނަށް ޒަހަމްވެފައި ވެއެވެ.

21 މަސް ވީ ދިގު ޤަތުލްއާންމުގައި ސުންނާފަތިވެފައިވާ ޣައްޒާގެ ރައްޔިތުން ތިންމަހެއްހާ ދުވަހު ބަނޑަށް ބޭތިއްބުމަށްފަހު އެހީ ބެހުމުގެ ނަމުގައި ޖީއެޗްއެފް އުފެއްދީ އިޒްރާއިލް އާއި އެމެރިކާ ގުޅިގެންނެވެ. މެއި ފަހު ކޮޅު އޮޕަރޭޓްކުަރަން ފެށި މި ޖަމާއަތުގެ މަސައްކަތް ފެށުނީއްސުރެ އެތަންތާނގައި ޣައްޒާގެ ރައްޔިތުން މަރަމުންދާ ދިއުން ކުށްވެރިކޮށް އދ ން ވަނި އެއީ މަރުގެ ދަންތުރަ ތަކެއް ކަމަށް ބުނެފައެވެ.

ނަމަވެސް ހައިހޫނުކަމުގެ އިންތިހާގައި ތިބި ރައްޔިތުންނަށް މަރަށް ފުރާނައަށްވިއަސް އެތަންތަނަށް ދިއުމަކީ މަޖުބޫރު ކަމެކެވެ. ކިރިޔާވެސް ކާއެއްޗެއް ލިބޭނެ ކަމުގެ އުއްމީދުގައެވެ. ޓެންޓުތަކުގައި ބަނޑަށް މަރުވަމުންދާ ޅަ ދަރިންގެ ހައްގުގައެވެ. އެވެސް މަރެވެ. މިވެސް މަރެވެ.

Advertisement
Advertisement

"ޣައްޒާގެ ރައްޔިތުން ތިބީ ބަނޑަށް. ހުރި މަދު ކާއެތިކޮޅުން ފަރުޖައްސަމުންދާތާ ދެ އަހަރުވަނީ. ގިނަ އާއިލާތައް މިހާރުވެސް ތިބެނީ ނުކައި. މައިން އެމީހުންގެ ޅަދަރިންނަށް ކާންދޭން އެމީހުން ތިބެނީ ބަނޑަށް" ޣައްޒާގެ ރައްޔިތުންގެ ހާލަތު ބަޔާންކޮށްދެމުން ޣައްޒާއިން އަލްޖްޒީރާގެ ރިޕޯޓަރު ހާނީ މުހައްމަދު ބުނެފައި ވެއެވެ.

700 އަށްވުރެ ގިނަ މީހުން ހަމައެކަނި އެހީ ބަހާ ޕޮއިންޓްތައް ކައިރިން ހަމަލާދީ ޝަހީދުކޮށްލިއިރު ކޮންމެ ދުވަހަކު ޣައްޒާއަށް ދޭ ހަމަލާތަކުގައި ދުވާލަހު ސަތޭކައެއްހާ މީހުން  ދަނީ ދުނިޔެ ދޫކުރަމުންނެވެ. ހިމާޔަތް ހޯދައިގެންތިބޭ ސްކޫލްތަކަށާއި ޓެންޓްތަކަށް ހުއްޓުމެއްނެތި އިޒްރާއިލްއިން ހަމަލާދެމުން ދާއިރު ޣައްޒާ އަދިވެސް އޮތީ އިންސާނީ އެހީއަށް ބަނދުކޮށްފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow