
ޤަތުލްއާންމަށް 21 މަސް: 17,000 ދަރިވަރުން ފަަލަޞްޠީނުގައި ވަނީ ޝަހީދުކޮށްލާފައި
އިޒްރާއިލްއިން ޣައްޒާގައި ހިންގަމުންގެންދާ ދިގުލީ ޤަތުލްއާންމު ފެށިފަހުން 21 މަސްދުވަސް ވެފައިވާއިރު, ހަނގުރާމަ ފެށިފަހުން 18,000 ކިޔަވާކުދިން ޝަހީދުކޮށްލާފައިވާކަމަށް ފަލަޞްޠީނުގެ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. މީގެ ތެރޭގައި ހިފާފައިވާ ހުޅަނގު އައްސޭރިން ޝަހީދުކޮށްފައިވާ ކިޔަވާކުދިންވެސް ހިމެނެއެވެ.
ޣައްޒާގައި 18,243 ޓީޗަރުންނާއެކު ޤަތުލްކޮށްފައިވާއިރު ކިޔަވާކުދިންގެ އަދަދަކީ 17,175 އެވެ. މީގެ އިތުރުން ހަމަލާތަކުގައި ޓީޗަރުންނާއި ދަރިވަރުން ހިމެނޭހެން 26,264 މީހަކު ވަނީ ހަމަލާތަކުގައި ޒަހަމްވެފައެވެ.ހިފާފައިވާ ހުޅަނގު އައްސޭރިން 140 ކިޔަވާކުދިން ޤަތުލްކޮށްފައިވާއިރު 927 ކުއްޖަކު ވަނީ ޒަހަމްވެފައެވެ.
މި މުއްދަތުގެ ތެރޭގައި ހިފާފައިވާ ހުޅަނގު އައްސޭރިން 768 ދަރިވަރަކު ހައްޔަރުކޮށްފައިވާއިރު, އިދާރީ މުވައްޒަފުން ހިމެނޭހެން 199 ޓީޗަރަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.
ޣައްޒާގެ އާންމު 252 ސްކޫލްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު 118 ސްކޫލެއްވަނީ އަލުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށް, ބިމާ ހަމަކޮށްލާފައެވެ.
ހިފާފައިވާ ހުޅަނގު އައްސޭރީގައި 152 ސްކޫލަކާއި 8 ކޮލެޖަކަށް އއިޒްރާއިލްގެ ސިފައިން ވަދެގަނެ, ސްކޫލްތައް ރެއިޑްކޮށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އޭގެ ތެރޭގައި ގިނައި ޖެނިން. ތުލަކަރެމް, ސަލްފިތު އަދި ތުބަސްގެ ސްކޫލްތަކެވެ.
ރިއެކްޝަންސް






