އިޒްރާއިލްއިން އަނެއްކާވެސް ދެކުނު ލުބުނާނަށް ބޮން އަޅައިފި
ލުބުނާން ނޫސް, އައްނަހަރް އިން އާންމުކޮށްފައިވާ އިޒްރާއިލްގެ ހަމާލާއެއްގެ ވީޑީދޯގެ ސްކްރީންޝޮޓެއް

އިޒްރާއިލްއިން އަނެއްކާވެސް ދެކުނު ލުބުނާނަށް ބޮން އަޅައިފި

އިޒްރާއިލް އިން މިހާރުވެސް ދަނީ ޣައްޒާގެ ޤަތުލްއާންމު ކުރިއަށް ގެންދަމުން އީރާނަށް ހަމަލާ ދެމުން

6 hours ago - 23:28
Jun 23, 2025 - 23:55

އިޒްރާއިލްއިން ދެކުނު ލުބުނާނުގެ ގިނަ ސަރަހައްދުތަކަކަށް ބޮން އަޅައިފިކަމަށް ލުބުނާނުގެ ޤައުމީ ނޫސް އެޖެންސީން ބުނެފިއެވެ. ބޮމުގެ ހަމަލާތައް އަމާޒުވި އަވަށްތަކުގެ ތެރޭގައި ދެކުނު ޒުރާރިޔާ, ކްފްރާރް މިލްކީ އަދި އަންސަރު ހިމެނެއެވެ.

14 މަސްދުވަސްވަންދެން ލުބުނާނުގެ ހިޒްބުالله އާ ދެމެދު އިޒްރާއިލްއިން ބަދަލުކުރި ހަމަލާތައް ނޮވެމްބަރު މަހު ހުއްޓާލި ފަހުންވެސް އިޒްރާއިލްއިން އަންނަނީ ކޮންމެ ދުވަހަކުހެން ލުބުނާނަށް ކޮންމެވެސް ކަހަލަ ހަމަލާއެއް ދެމުންނެވެ.

މިއަދު އިޒްރާއިލްއިން ދިން މި ހަމަލާތައް މުޅިންވެސް އަމާޒުވެފައިވަނީ ހުސް ސަރަހައްދުތަކަށް ކަމުން ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެެ. ނަމަވެސް މިއަދު ދިން ހަމަލާތައް އެހެން ދުވަސްތަކަށްވުރެ ވަރުގަދަ ވެފައި ގިނަކަމަށް ލުބުނާނުގެ ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެެ.

އިޒްރާއިލްގެ އަސްކަރިއްޔާއިން ބުނީ ހަމަލާތައް ދީފައިވާނީ ހިޒްބުالله ގެ 'ނިރުބަވެރިން' ތިބި ތަންތަނަށް ކަމަށެވެ. ނަމަވެސް އާދައިގެ މަތިން އިޒްރާިއިލްއިން އެއްވެސް ހެއްކެއް ދައްކާފައެއް ނުވެއެވެެ.

Advertisement
Advertisement

ފާއިތުވި ހަފުތާގައި ހިޒްބުاللهގެ ވެރިޔާ ނައިމް ޤައްސާމް ވަނީ އިޒްރާއިލްއިން އީރާނަށް ދޭ ހަމަލާތައް ފުޅާވެއްޖެނަމަ ހިޒްބުالله އިން އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ބުނެފައެވެ. ނަަމަވެސް ހިޒްބުالله އިން އަދި މިހާތަނަށް އީރާނަށް އިޒްރާއިލްއިން ދޭ ހަމަލާތަކަށް ރައްދުދީފައެއް ނުވެއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow