
އީރާނުން ޤަތަރުގައި ހުންނަ އެމެރިކާގެ އަަސްކަރީ ބޭސްއަށް ރައްދު ހަމަލާ ދީފި
އަލް އުދެއިދް އެއަރ ބޭސްއަށް އަށް ހަމަލާ ދިނުމުގެ ކުރިން ޤަތަރުގެ ވައިގެ ސަރަހައްދު ވަނީ ބަންދުކޮށްފައި
އީރާނުން ޤަތަރުގައި ހުންނަ އެމެރިކާގެ ވައިގެ އަސްކަރީ ބޭސް: އަލް އުދެއިދް އަށް ހަމަލާ ދީފިކަމަށް އީރާނުން ބުނެފިއެވެ. އީރާނުން މި ހަމަލާ ދީފައިވަނީ މީގެ ދެދުވަސް ކުރިން އެމެރިކާއިން އީރާނުގެ ތިން އަސްކަރީ ސައިޓަކަށް ދިން ހަމަލާތަކުގެ ރައްދު ދޭނެކަމަށް އީރާނުން ވައުދު ވެފައި ވަނިކޮށެވެ.
ޤަތަރުގައި ހުންނަ އެމެރިކާގެ ވައިގެ މަރުކަޒަށް ހަމަލާދިންކަން އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ވަނީ މިއަދު ވަނީ ކަށަވަރުކޮށްދީފައެވެ. އައިއާރުޖީސީ އާ ހަވަލާދީ ތެހްރާންގެ ނޫސް, ތަސްނިމް އިން ރިޕޯޓްކޮށްްފައިވާ ގޮތުގައި އެމެރިކާގެ ވައިގެ މަރުކަޒަށް ދިން ހަމަލާއަކީ އެމެރިކާއިން އީރާނަށް ދިން ހަމަލާތަކުގެ ރައްދެކެވެ.
ތަސްނިމް އިން ބުނެފައިވަނީ މި އޮޕަރޭޝަނަށް ދީފައިވާ ނަމަކީ 'އެނަންސިއޭޝަން އޮފް ވިކްޓަރީ' އެވެ.
އަލް ޖަޒީރާއިން ބުނެފައިވާ ގޮތުގައި ޤަތަރުގެ ވެރިރަށް ދޯހާއިން އަލިފާނުގެ އަސަރު މިއަދު ވަނީ ފެނިފައެވެ. ނަމަވެސް އެއީ މިސައިލްގެ ހަމަލާކަމެއް ނުވަތަ ވައިގެ ދިފާއުން ހަމަލާ ނާކާމިޔާބުކޮށްލީކަމެއް އޭރު ނޭނގޭ ކަމަށެވެ.
އަދި ބޮޑެތި ގޮވުންތަކުގެ އަޑު އިވިފައިވާކަމަށާއި, ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓް އަދި ލިބިފައި ނެތްކަަމަށް އަލްޖަޒީރާއިން ބުނެފައި ވެއެވެ. ޤަތަރުގެ ހެލްތު މިނިސްޓްރީން ވަނީ ހަމަލާތަކުގައި އެއްވެސް މީހަކު މަރުވެފައި ނުވާކަށްވެސް ކަށަވަރުކޮށްދީފައެެވެ.
ޤަތަރުގެ ވައިގެ ދިފާއުންވަނީ އަލް އުދެއިދް އެއަރ ބޭސްއަށް ދިން އީރާނުގެ މިސައިލްތައް ކާމިޔާބުކަމާއެކު ހަލާކުކޮށްލާފައިވާ ކަމަށް ބުނެފައެވެެ.
އީރާންގެ ވެރިރަށް ތެހްރާންއިން ރިޕޯޓްކުރި އަލްޖަޒީރާ ގެ ނޫސްވެރިޔާ އަލީ ހާޝެމް ބުނި ގޮތުގައި ބެލެވޭގޮތުގައި މިއީ އެމެރިކާގެ ހަމާލާއަށް ރައްދު ދިނުމުގެ ގޮތުން ގަލްފުސަރަހައްދުގައި ހުރި އެމެރިކާގެ ބޭސްތަކަށް އަމާޒުކޮށް އީރާނުން ދޭ ހަމަލާތަކުގެ ފެށުންކަމަށެވެ.
ރިއެކްޝަންސް






