އިޒްރާއިލް އިން އަސީރުކޮށްފައިވާ ފަލަސްތީނުގެ 179 ސިއްޙީ ޚިދުމަތްތެރިން ދޫކޮށްލުމަށް ގޮވާލާ އިޙްތިޖާޖެއް
އިހުތިޖާޖު ކުރަނީ ލަންޑަންގެ އެސްޓީ ތޯމަސް ހޮސްޕިޓަލް ކައިރީގައި
އިޒްރާއިލްއިން އަސީރުކޮށްފައިވާ ފަލަސްތީނުގެ 179 ސިއްޙީ ޚިދުމަތްތެރިން ދޫކޮށްލުމަށް ގޮވާލާ ލަންޑަންގެ އެސްޓީ ތޯމަސް ހޮސްޕިޓަލް ކައިރީގައި 179 ސިއްޙީ ޚިދުމަތްތެރިން އިހްތިޖާޖު ކޮށްފިއެވެ.
މި ޙަރަކާތް އިންތިޒާމްކޮށް ކުރިއަށް ގެންދިޔައީ ސިއްހީ ޚިދުމަތްތެރިންގެ ޖަމްޢިއްޔާތައް ގުޅިގެން އުފައްދާފައިވާ ހެލްތު ވަރކާސް ފޯ ޕެލަސްތައިން އާއި އެމްނެސްޓީ ޔޫކޭ ގުޅިގެންނެވެ. ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ގެއްލުވާލާފައިވާ މީހުންގެ ދުވަހާ ގުޅިގެން ބޭއްވި މިއެއްވުމުގައި އެފަރާތްތަކުން ވަނީ އިޒްރާއިލްއިން ހިންގަމުންގެންދާ ހަނގުރާމައިގެ ޖަރީމާތަކަށް އިޒްރާއިލްގެ ފަރާތްތައް ޒިންމާދާރު ކުރުވުމަށް އިނގިރޭސި ސަރުކާރަށްވެސް ގޮވާލާފައެވެ.
އޮކްޓޯބަރ 2023 ގެ ފަހުން މިހާތަނަށް އިޒްރާއިލް އިން ވަނީ ފަލަސްތީނުގެ 179 ސިއްހީ ޚިދުމަތްތެރިން އެއްވެސް ސަބަބެއް, އެންގުމެއްނެތި ބަންދުކޮށްފައި މީހުން ބައިތިއްބާ ތަންތަނުގައި ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ޚާން ޔޫނުސްގެ އަލް-ނަޞްރު ހޮސްޕިޓަލްގެ ސާޖަން ޑރ. ޙާލިދް އަލް ސެރް ވެސް ހިމެނެއެވެ. އިޒްރާއިލްގެ ފެސިލިޓީތަކުގައި އެމީހުންނަށް އަނިޔާކޮށް, އެމީހުންނާމެދު އަމަލުކުރަމުންދަނީ ވަރަށް އިހާނެތިކޮށްކަމަށް ހިއުމަންރައިޓްސް ވޮޗްއިން ވަނީ ތުހުމަތުކޮށްފައެވެ.
ސިއްހީ އެހީތެރިން ޚިދުމަތުގައި ބޭނުންކުރާ ސްކްރަބްވެސް ލައިގެން ކުޑަކަކޫ މައްޗަށްތިރިވެ, ކުރި މި އިޙްތިޖާޖުގައި އެމީހުންވަނީ ސިއްރު ފެސިލިޓިތަކެއްގައި ބައިތިއްބާފައި ތިބި 179 ސިއްޙި ޚިދުމަތްތެރިން ވަގުތުން ވަގުތަށް ދޫކޮށްލުމަށާއި, އިނގިރޭސި ސަރުކާރުން އިޒްރާއިލްއަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށްވެސް ގޮވާލާފައެވެ. އިޙްތިޖާޖުގެ ބައިވެރިން ތިބީ "ޣައްޒާގެ ސިއްހީ ޚިދުމަތްތެރިން މިނިވަންކުރޭ" ޖަހާފައިވާ ބޯޑުތަކާއި އިޒްރާއިލްގެ ހައްޔަރުގައި ތިބި ބައެއް ޑޮކްޓަރުންގެ ނަންތައް ޖަހާފައިވާ ބޯޑުތައްވެސް ހިފައިގެންނެވެ.
އދ ގެ އިންސާނީ ހައްޤުތަކާގުޅޭ އޮފީގެ ރިޕޯޓްތައް ބުނާގޮތުން އިޒްރާއިލްއިން މިހާތަނަށްވަނީފަލަސްތީނުގެ 500 އަށްވުރެ ގިނަ ސިއްޙީ ހިދްމަތްތެރިން މަރާލާފައެވެ.
ރިއެކްޝަންސް