
އިޒްރާއިލްގެ 'ނާވަލް ބޮލޮކޭޑް' އާ ބެހޭގޮތުން ބައިނަލްއަޤުވާމީ ކަނޑުތަކާބޭހޭ ޤާނޫނު ބުނަނީ ކީކޭ!
2007 ން ފެށިގެން އިޒްރާއިލްއިން ޣައްޒާ އޮންނަނީ ކަނޑުމަގުންނާއި, އެއްގަމު މަގުން އަދި ވައިގެ މަގުންވެސް ބަންދުކޮށްފައެވެ. އެހެންކަމުން ޣައްޒާއަށް ބޭނުންވާ ޒަރޫރީ ބޭހާއި, ކާނާ އަދި އެހެނިހެން އަސާސީ ކަންކަން ދަތިވެފައި އޮންނާތާ މިހާރު 18 އަހަރުވަނީއެވެ.
އިޒްރާއިލްއިން ޣައްޒާގައި ޤަތުލްއާންމެއް ހިންގަމުންދާތާ 20 މަސްދުވަސް ވާންދާއިރު މިއަހަރުގެ މާޗު މަހުގެ 2 ވަނަ ދުވަހު އިޒްރާއިލްއިންވަނީ ޣައްޒާއަށް އިންސާނީ އެހީގެ އެއްވެސް އެއްޗެއް ނުވަދެވޭގޮތަށް މުޅި ޣައްޒާ ބަންދުކޮށްފައެވެ.
ޙާއްސަގޮތެއްގައި އިޒްރާއިލްއިން ކަނޑުމަގުން ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން (ނާވަލް ބްލޮކޭޑް) ސަލާމަތީ ސަބަބުތަކަށް ކަމަށްބުނެ އެކަންވެސް ވަނީ ދަމަހައްޓާފައެވެ. ނަމަވެސް ފްރީޑަމް ފްލޮޓީލާ ކޯލިޝަނުން (އެފްއެފްސީ) މިހާރު އެމީހުންގެ ބޯޓް 'މެޑްލީން' ގައި އެދަނީ އިޒްރާއިލްގެ ނާވަލް ބްލޮކޭޑް ފުނޑާލާ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށެވެ.
އިންސާނީ އެހީގެ ބައެއް ސާމާނު ބަރުކޮށްގެން އިްނސާނީ ހައްޤުތައް ދިފާއުކުރާ 12 އެކްޓިވިސްޓުން އެމީހުންގެ ފުރާނައަށް ބެލުމެއްނެތި ކަނޑުމަގުން ޣައްޒާގެ ބަންދު އުފުލާލުމަށް އެކުރާ ދަތުރަކީ އެފްއެފްސީގެ ފުރަތަމަ ދަތުރެއް ނޫނެވެ. މީގެ މަހެއްހާ ދުވަސްކުރިންވެސް އެފްއެފްސީގެ ބޯޓެއް ވަނީ ކަނޑުމަގުން އިންސާނީ އެހީ ހިފައިގެން ޔޫރަޕުން ޣައްޒާއަށް ދިއުމަށް ފުރާފައެވެ. ނަމަވެސް މެއި 2 ވަނަ ދުވަހު އިޒްރާއިލްގެ ޑްރޯން ހަމަލާއެއް ބޯޓަށް އަރާ ބޯޓު ވަނީ ހަލާކުކޮށްލާފައެވެ.
މޯލްޓާ ކައިރިން ބައިނަލްއަޣުވާމީ ކަނޑުގައި ބޯޓް އޮށްވާ އެރި ދެ ޑްރޯން ހަމަލާގައި ބޯޓްގެ ކުރީކޮޅު ހަލްއާއެކު ވަނީ ހަލާކުވެފައެވެ.
ނަމަވެސް އދ ގެ ކޮންވެންޝަން އޮފް ލޯ އޮފްސީ (އަންކްލޮސް) ބުނާގޮތުން ވަކި ޤައުމެއްގެ ސިޔާދަތީ ބާރުނުހިނގާ ކަނޑުގެ ސަރަހައްދަކީ ވަކި ޤައުުމަކަށް އެޤައުމެއްގެ ސަރަހައްދުކަމަށް ކަނޑައެއް ނޭޅޭނެއެވެ.
އެހެންކަމުން ޤާނޫނީ ހަމަތަކުގެ މަތިން އިޒްރާއިލްގެ ނާވަލް ބްލޮކޭޑަކީ;
- އާންމު ރައްޔިތުންތަކެއް ބަނޑަށްޖެއްސުމުގެ ގަސްތުގައި ކޮށްފައިވާކަމެއްނަމަ ނުވަތަ އެކަމުގެ ސަބަބުން އާންމު ރައްޔިތުން ބަނޑަށް ޖެހޭނަމަ ޢައިރުޤާނޫނީކަމެކެވެ.
- ހަނގުރާމައެއްގެ ހާލަތުގައި ނުވަތަ ހަތިޔާރުއެޅި ދެބައެއްގެ މެދުގައި ކުރިމަތިލުމެއް ހިނގަމުންދާ ވަގުތެއްގައި އާންމުންތަކަކަށް އާންމު އުގޫބާތަކަށް އެކަންވުމަކީ ކަނޑައެޅިގެން އެޤާނޫނު މަނާކުރާ ކަމެކެވެ.
- މީގެ އިތުރުން އަޅުވެތި ކޮށްފައިވާ ފަރާތް (އިޒްރާއިލް) އަޅުވެތިކަމުގައިތިބި (ފަލަޞްޠީން) ރައްޔިތުންނަށް އެކަށީގެންވާ މިންވަރަށް ބޭހާއި ކާނާ ލިބޭނެގޮތް ހަމަޖައްސައިދިނުމަކީ ބައިނަލް އަޤުވާމީ ޤާނޫނުތަކުގެ ދަށުން އިޒްރާއިލްއަށް ވާޖިބު ކަމެކެވެ.
ރިއެކްޝަންސް






