
ރޮނާލްޑޯގެ ގޯލާއެކު ފަހަތުންއަރާ ފޯޗްގަލް މޮޅުވެ ނޭޝަންސް ލީގުގެ ފައިނަލަށް
ޔުއެފާ ނޭޝަންސް ލީގު ސެމީފައިނަލްގައި ރޭ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލާއެކު ފަހަތުންއަރާ ޕޯޗުގަލް އިން 2-1 ން ޖަރުމަނު ބަލިކޮށް ފައިނަލަށް ދަތުރުކޮށްފިއެެވެ.
މި ގޯލާއެކު 40 އަހަރުގެ ރޮނާލްޑޯ ވެގެންގޮސްފައިވަނީ ޖަރުމަނާ ދެކޮޅަށް ގޯލެއް ކާމިޔާބުކުރި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއަށެވެ. ރެއާލް މެޑްރިޑްގެ ކުރީގެ ތަރި ވަނީ މިގޯލާއެކު ޖަރުމަނާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ފަސް މެޗުންވެސް ބަލިވެފައިވާ ވުން ނިމުމަކަށް ގެނެސްފައެވެ.
ޖަރުމަނުން ލީޑު ނެގީ ފުރަތަމަ ފާހުގެ އިތުރު ވަގުތުގައި ފްްލޯރިއަން ވާޓްޒް ބޮލުން ފޮނުވާލި ބޯޅައަށް ގޯލާ އަމާޒުކޮށްގެންނެވެ, 48 ވަނަ މިނިޓްގައި ޖަރުމަނުގެ ހަމައެކަނި ގޯލް ޖެހީ ހޯޝުއާ ކިމިޗް ދިން ޕާހަކުންނެވެ.
މެޗުގެ ނަތީޖާ ޕޯޗުގަލްގެ ކޮޅަށް އަނބުރާލަން ފުރަތަމަ ފިޔަވަޅު އަޅައިދިނީ ބަދަލުކުޅުންތެރިއްގެ ގޮތުގައި ނިކުއިން ފްރާންސެސްކޯ ކޮންސެއިކާއޯއެވެ. 63 ވަނަ މިނިޓްގައި ފޯޗްގަލްއަށް ނަތީޖާ އެއްވަރުކޮށްދިނުމަށް އެހީތެރިވީ ޑިފެންޑަރު ރުބެން ޑިއަޒް އެވެ.
އޭގެ ފަސްމިނިޓްފަހުން ކެޕްޓަން ރޮނާލްޑޯވަނީ އޭނާގެ 137 ވަނަ ބައިނަލްއަޤުވާމީ ގޯލް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ފޯޗްގަލް ކޮޅަށް އަނބުރާލާފައެވެ. މިއީ އޭނާގެ ކެރިއަރުގައި ރޮނާލްޑޯ ކާމިޔާބުކުރި 937 ވަނަ ގޯލެވެ.
އަންނަ އާދިއްތަ ދުވަހު ނޭޝަންސް ލީގު ފައިނަލްގައި ޕޯޗްގަލް އާ ވާދަކުރާނެ ޓީމެއް ކަނޑައެޅެނި ބުރާސްފަތި ދުވަހު ކުޅޭ ދެވަނަ ސެމީ ގައި ސްޕެއިން އަދި ފްރާންސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ.
ރިއެކްޝަންސް






