
ހާލަންޑްގެ ދެ ގޯލާއެކު ސިޓީއަށް ހުވަފެނީ މޮޅެއް
އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ 0-3 ން މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް, ސިޓީން ހުވަފެނީ މޮޅެއް ހޯދައިފިއެވެ. މެޗުގައި އާލިންގް ހާލަންޑް ވަނީ ދެ ގޯލް ކާމިޔާބުކޮށްފައެވެ.
ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މެޗުގައި ސިޓީއަށް ލީޑު ނަގައިދިނީ 18 ވަނަ މިނިޓްގައި ޖެރެމީ ޑޮކީ ނަގައިދިން ހުރަސް ފިލް ފޯޑެން ބޮލުން ޖަހާ ގޯލްގެ ތެރެއަށް ފޮނުވާލި ބޯޅައާއެކުއެވެ. 53 ވަނަ މިނިޓްގައި ހާލަންޑް ލީޑު ފުޅާކޮށްދިނީ ލީޑު ނެގުމުގައިވެސް އެހީތެރިވި ޑޮކޫ ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ.
މެޗުގައި ހާލަންޑްގެ ދެވަނަ ގޯލް 68 ވަނަ މިނިޓްގައި ކާމިޔާބުކުރީ ބެނާޑޯ ސިލްވާ ތަނަވަސްކޮށްދިން ފުރުޞަތުގައެވެ.
މި މޮޅާއެކު ސިޓީ މިވަގުތު އިތީ ތާވަލްގެ 8 ވަނައިގައި 6 ޕޮއިންޓާއެކުއެވެ. ޔުނައިޓަށް 14 ވަނައިގައި އޮތީ 4 ޕޮއިންޓް ހޯދައިގެންނެވެ.
ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީ ހޭދަކުރި އެންމެ ދަށް ސީޒަނަށްފަހު އާ ސީޒަނަކާ ކުރިމަތި ލީއިރުވެސް ހާލަތު މާބޮޑަށް ރަނގަޅުވާތަނެއް އަދި ނުފެނެއެވެ. ނަމަވެސް ލީގުގައި ކާމިޔާބީ ހާސިލްކުރަން މިއަދުގެ މޮޅަކީ ސިޓީއަށް ބޮޑު ހިތްވަރަކަށް ވާނެއެވެ.
ރިއެކްޝަންސް






