 
                                    މަޖީދީ މަގުގައި ތޫނު އެއްޗަކުން ޒަޚަމްކޮށްލި މީހަކަށް ފަރުވާދެނީ
ފަތިސް ވަގުތު މަޖީދީ މަގުގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި މީހަކަށް ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ރޭ ފުލުހުން ވިދާޅުވީ ފަރުވާދެމުން ދަނީ އާދިއްތަ ދުވަހުގެ ފަތިހު ޒަޚަމްކޮށްލި މީހަކަށް ކަމަށެވެ. މިމާރާމާރީގައި ޒަޚަމްވެ ފަރުވާދެމުން ދަނީ 28 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެނާއަށް ފަރުވާދެމުން ދަނީ އައިޖީއެމްއެޗްގައެވެ. ލިބުނީ ކިހާވަރެއްގެ ޒަޚަމްތަކެއް ކަމަށް ފުލުހުން ނުބުނެއެވެ. ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.
ރިއެކްޝަންސް
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                


 
         
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
     
                                
                                                                    



 
                                                                                                                                             
                                                                                                                                             
                                                                                                                                            
