
ގުޅިފަޅުން ގޯތި ހަވާލުކުރަން ފަށައިފި
ބިންވެރިޔާ ސްކީމްގެދަށުން، ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ގޯތި ހަވާލުކުރަން ފަށައިފިއެވެ.
ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް އޭގެ ވެރިފަރާތްތަކާ ޙަވާލުކުރަން ފެށީ އިއްޔެއެވެ. މިކަން އިއުލާނުކުރައްވާ ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ.ޢަބްދުالله މުއްޠަލިބު ވިދާޅުވީ ވަގުތީ ކޮންސްޓްރަކްޝަން ސައިޓްތަކުން ގޯތި ލިބުނު މީހުންނަށް ކޮންޓްރެކްޓަރުން އެބިން ދޫކޮށްލުމުން ގޯތި ހަވާލުކުރާނެ ކަމަށެވެ.
ބިންވެރިޔާ ސްކީމްގެދަށުން، ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ސާފުކޮށް، އިންވަކިކުރުމުގެ މަސައްކަތް ފެށީ މިމަހުގެ 3 ވަނަ ދުވަހުއެވެ. ގުޅިފަޅުން ގޯތި ދޫކުރަނީ މިދިޔަ ސަރުކާރުން ހެދި ލޭންޑް ޔޫޒް ޕްލޭނަށް ބަދަލުގެނެސް އާ ލޭންޑް ޔޫޒް ޕްލޭނާއެކު އަލުން ގުރު ނަގައިގެންނެވެ.
މިދިޔަ ސަރުކާރުން ދޫކުރި ރަޖިސްޓްރީތައްވެސް މިސަރުކާރުން ބާޠިލްކުރިއެވެ. 1260 މީހަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައިވާކަމަށް މިނިސްޓްރީން ކުރިން ވަނީ ވިދާޅުވެފައެވެ.
ރިއެކްޝަންސް






