
އައްޑޫ ސިޓީގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް 1.8 މެގަވޯޓުގެ އާ ޖެނެރޭޓަރު ސެޓެއް ފޮނުވަނީ
އައްޑޫ ސިޓީގެ ކަރަންޓު މައްސަލައަށް ހައްލެއް ހޯދުމަށް 1.8 މެގަވޯޓުގެ އާ ޖެނެރޭޓަރު ސެޓެއް އެ ސިޓީއަށް ފޮނުވުމަށް ލޭންޑިންގ ކްރާފްޓަށް ލޯޑްކުރެވިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.
ފެނަކައިން ބުނީ އައްޑޫ ސިޓީގެ ހިތަދޫ އާއި ގުޅިފައިވާ ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ސެންޓްރަލް ޕަވަރ ސްޓޭޝަންގައި ބޭނުންކުރަމުންދާ ޖެނެރޭޓަރު ސެޓުތަކަށް މައްސަލަ ދިމާވެފައިވާތީ، އެކި ވަގުތުތަކުގައި އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަން ޖެހިފައިވާ ކަމަށެވެ.
ފެނަކައިން އިތުރަށް ބުނީ އައްޑޫ ސިޓީގެ ކަރަންޓަށް ދާއިމީ ހައްލު ހޯދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ދޮޅު އަހަރު ތެރޭ ނިންމުމަށް އަމާޒުހިފައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މި ދަތި ދަނޑިވަޅުގައި އައްޑޫގެ ރައްޔިތުން ދައްކަމުންދާ ކައްކަމުންދާ ކެތްތެރިކަމަށް ޝުކުރު އަދާކޮށްފައިވެއެވެ.
ރިއެކްޝަންސް






