
ރާއްޖެއިން އިތުރު ހަތަރު ޤައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރަން ހުށަހަޅައިފި
ރާއްޖެއިން އިތުރު ހަތަރު ޤައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅުއްވައިފިއެވެ.
އެ މަޤާމުތަކަށް ހުށަހެޅުއްވި ބޭފުޅުންގެ ނަންތައް މިއަދުގެ މަޖިލިސް ޖަލްސާގެ ތަޅުމަށް ވަނީ ހުށަހަޅުއްވާފައެވެ.
ރައީސް ހުށަހެޅުއްވި ނަންތަކުގެ ތެރޭގައި ހިމެނެނީ:
- ބުރުނާއީއަށް: ޑރ. މަރިޔަމް ޝަބީނާ އަޙްމަދު (މެލޭޝިޔާގެ ސަފީރު)
- ނެދަލޭންޑްސްއަށް: ގީލާ ޢަލީ (ބެލްޖިއަމްގެ ސަފީރު)
- ފްރާންސަށް: އިރުތިޝާމް އާދަމް (ޔޫކޭގެ ސަފީރު)
- އޮސްޓްރޭލިއާއަށް: މުޙައްމަދު ލުއޭޒް (ސިންގަޕޫރުގެ ސަފީރު)
މި މައްސަލަ މިހާރު ވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ. މީގެ އިތުރުން، މިދިޔަ ހަފުތާގައި ރައީސް ވަނީ އިތުރު ފަސް ޤައުމަކަށް (ބޫޓާން، ކުވޭތު، ސުވިޒަލޭންޑް، ކެނެޑާ، މިސްރު) ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް މަޖިލީހަށް ހުށަހަޅުއްވާފައެވެ.
މި ހުށަހެޅުއްވުންތަކުން ދައްކުވައިދެނީ ރާއްޖެއިން ބޭރު ޤައުމުތަކާއެކު ޑިޕްލޮމެޓިކް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކެވެ.
ރިއެކްޝަންސް






