އެމްބުއޭމޯ މެންޗެސްޓަރ ޔުނައިޓަޑަށް ވިއްކާލަށް ބްރެންޓްފޯޑުން  އެއްބަސްވެއްޖެ
ބްރަޔަން އެމްބުއޭމޯ. ފޮޓޯ: ދިގާޑިއަން

އެމްބުއޭމޯ މެންޗެސްޓަރ ޔުނައިޓަޑަށް ވިއްކާލަށް ބްރެންޓްފޯޑުން އެއްބަސްވެއްޖެ

17 hours ago - 21:56
Jul 20, 2025 - 09:42

ބްރެންޓްފޯޑުން ކެމަރޫންގެ ފޯވާޑް ބްރަޔަން އެމްބުއޭމޯ ވިއްކާލަން ހުށަހެޅި އަގަށް މެންޗެސްޓަރ ޔުނއިޓަޑުން އެއްބަސްވެ ޑީލް މިހާރު ނިމިފައިވާކަމަށް މަސްދަރުތައް ބުނެފިއެވެ. މަސްދަރުތަކާ ހަވާލާދީ އީއެސްޕީއެންގައި ބުނެފައިވަނީ ޔުނައިޓަޑްއިން 70 މިލިއަން ޕައުންޑަށް (94 މިލިއަން ޑޮލަރު) އެމްބުއޭމޯ ގަންނަން ނިންފާއިވާ ކަމަށެވެ.

މިއީ ފުރަތަމަ އެމްބުއޭމޯ އަށް ޔުނައިޓަޑުން ކުރި ބިޑަށްވުރެ 19 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. ބްރެންޓްފޯޑުން އެމްބުއޭމޯ ވިއްކާލަށް ނިންމިއިރު ކްލަބާއެކު އޭނާ ހަދާައިވާ އެއްބަސްވުމުގައި އަދި ބާކީ 1 އަހަރު އެބައޮތެވެ.

އެމްބުއޭމޯއަކީ މި ޓްރާންސްފަރ ވިންޑޯގައި ރުބެން އަމޯރިމްގެ ކްލަބުން ސޮއިހޯދާ ދެވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން ވުލްވްސްގެ މެތިއުސް ކޫނާވެސް ވަނީ ޔުނައިޓަޑަށް ބަދަލުވެފައެވެ.

ބެރެންޑްފޯޑުން ހުށަހެޅި އަގަށް އެއްބަސްވެ ޔުނައިޓަޑުން ވަނީ ވީހާވެސް އަވަހަކަށް ކުޅުންތެރިޔާ ޓީމާ ގުޅުމަށް އެދޭކަން ހާމަކޮށްފައެވެ. މަސްދަރުތައްބުނާގޮތުން 25 އަަހަރުގެ ކުޅުންތެރިޔާ ޔުނައިޓަޑްއާ ގުޅުމަށް ފުރިހަމަކުރަންޖެހޭ މެޑިކަލް މި ހަފުތާތެރޭގައި ކުރިއަށްދާނެއެވެ. އަދި އަންގާރަ ދުވަހު ކްލަބާއެކު ތިން މެޗުގެ ޓުއާއަކަށް އެމެރިކާއަށް ފުރާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

Advertisement
Advertisement

ފާއިތުވި ސީޒަންގައި ޕްރިމިއަރ ލީގުގައި 20 ގޯލް ކާމިޔާބުކޮށްފައިވާ ކުޅުންތެރިޔާއަށް ޔުނައިޓަޑުން ވަނީ 65 މިލިއަން ޑޮލަރު ހުށަހަޅާފައެވެ. އަދި އިތުރު ކަންކަމާއެކު ފުރިހަމަ އަގު 70 މިލިއަން ޑޮލަރަށް އަރާނެކަމަށް މަސްދަތުރައް ބުނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow