ލޯނު އެއްބަސްވުމެއްގެ ދަށުން ރަޝްފޯޑް ބާސެލޯނާއަށް
މާކަސް ރަޝްފޯޑް. ފޮޓޯ: ދި އިންޑިޕެންޑެންޓް

ލޯނު އެއްބަސްވުމެއްގެ ދަށުން ރަޝްފޯޑް ބާސެލޯނާއަށް

16 hours ago - 22:20
Jul 20, 2025 - 09:42

މެންޗެސްޓަރ ޔުނައިޓަޑްއިން ފެހި ސިގްނަލް ލިބުމާއި އެކު މާކަސް ރަޝްފޯޑް ޔުުނައިޓަޑް ދޫކޮށް, ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާއާ ގުޅެން ނިންމާފައިވާކަމަށް މަސްދަރުތަައް ބުނެފިއެވެ. މަސްދަރުތަކާ ހަވާލާދީ އީއެސްޕީއެން އިން ބުނެފައި ވަނީ ސީޒަން އެއްކޮށް ލޯން އުސޫލުން ކުޅުމާގުޅޭގޮތުން މިހާރު ކުޅުންތެރިޔާއާއި ކްލަބުން މަޝްވަރާކުރަމުން އަންނަ ކަމުގައެވެ.

އަދި ބާސެލޯނާއިން ބޭނުންނަމަ އެއްބަސްވުން ދާއިމީކުރުމުގެ ފުރުޞަތުވެސް ޔުނައިޓަޑުން ވަނީ ދީފައެވެ. ރިޕޯޓްުތައް ބުނާގޮތުން ލޯނުގެ މުއްދަތުގައި ރަޝްފޯޑްގެ މުސާރައަށް ވާ 12 މިލިއަން ޑޮލަރު ދިނުމަށް ބާސެލޯނާއިންވެސް މިހާރު ވަނީ އެއްބަސްވެފައެވެ.

29 އަހަރުގެ ކުޅުންތެރިޔާ ފާއިތުވި ދެ ހަފްތާގައި ޔުނައިޓަޑްގެ ފުރަތަމަ ޓީމާއެކު އެއްވެސް ފަރިތަކުރުންތަކެއްގައި ބައިވެރިވެފައެއް ނުވެއެވެ ކޯޗު ރުބެން އަމޮރިމްވެސް ވަނީ އޯލްޑްޓްރެފޯޑްގައި އޭނާގެ ޕްލޭންގައި ރަޝްފޯޑް ނުހިމެނޭކަމަށް މީގެކުރިން ބުނެފައެވެ.

ފާއިތުވި ސީޒަންގައި ލޯން އެއްބަސްވުމެއްގެ ދަށުން އެސްޓަންވިލާއިން ޔުނައިޓަޑަށް ބަދަލުވި ރަޝްފޯޑަށް އަމޯރިމްގެ ޓީމުގެ ފައިތިލަ ސާބިތުކުރެވޭގޮތް ނުވިއިރު ރަޝްފޯޑް އަބަދުވެސް ކުޅެން ބޭނުންވާ ޓީމަކީ ބާސެލޯނާކަމަށް އޭނާ ވަނީ ބުނެފައެވެ.

Advertisement
Advertisement

ނިކޯ ވިލިއަމްސް އާއި ލުއިސް ޑިއަޒް ހޯދަން ބާސެލޯނާއިން ކުރި މަސައްކަތް ނާކާމިޔާބުވެ, އެންމެފަހުން ރަޝްފޯޑްއާއެކު ކުރިއަށް ދިއުމަށް ބާސެލޯނާގެ ކޯޗުހެންސީ ފްލިކް ނިންމީއެެވެ.

ޔުނައިޓަޑްއިން މި ސީޒަންގައި ވުލްވްސް އަށް ކުޅޭ ބްރެޒިލްގެ މެތިއުސް ކޫނާ ގެނައުމަށް ނިންމާފައިވާއިރު ބްރެންޓްފޯޑަށް ކުޅޭ ކެމަރޫންގެ ފޯވާޑް ބްރަަޔަން އެމްބުއޭމޯ ގަންނަންވެސް ޔުނައިޓަޑުން ވަނީ އެއްބަސްވެފައެވެ. ކްލަބުން ވަނީ އަލެހަންޑްރޯ ގަނާޗޯ އާއި ޖޭޑަން ސަންޗޯއަށް ކްލަބް ދޫކޯށް ދިއުމުގެ ފުރުޞަތު އޮތްަކަމަށް ބުނެފައެވެ.

ޔުނައިޓަޑްގެ އެކެޑެމީއިން ތަމްރީނުވި ރަޝްފޯޑް ޔުނައިޓަޑްގެ ސީނިއަރ ޓީމާ ފުރަތަމަ ގުޅުނީ 2015 ގައެވެ. ޔުނައިޓަޑްގައި އޭނާ ހޭދަކުރި މުއްދަތުގެ ތެރޭގައި 426 މެޗުން 138 ގޯލް އޭނާ ވަނީ ކާމިޔާބުކޮށްދީފައެވެ. ކްލަބާއެކު ދެ އެފްއޭ ކަޕްގެ އިތުރުން ލީގު ކަޕާއި, ކޮމިއުނިޓީ ޝީލްޑް އަދި ޔޮރޮޕާ ލީގުވެސް އެއްފަހަރު އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow