ވޭތުވެދިޔަ 3 އަހަރު ތެރޭގައި 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ވޭތުވެދިޔަ 3 އަހަރު ތެރޭގައި 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

9 hours ago - 17:04
Advertisement
Advertisement

މި ސަރުކާރުގެ ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި 1.4 ބިލިއަން ރުފިޔާގެ އަގުހުރި މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ހާމަކޮށްފިއެވެ.


ހޯމް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ވަނީ ފުޅާ ދާއިރާއެއްގައި ހާއްސަ ހަރަކާތްތަކެއް ހިންގާފައެވެ. އެގޮތުން، މި މުއްދަތުގައި ޖުމްލަ 508 އޮޕަރޭޝަނެއް ހިންގާފައިވާއިރު، އެ އޮޕަރޭޝަންތަކުން 1،327 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ. މީގެއިތުރުން 16،852 ބަނގުރާ ފުޅިވެސް ވަނީ އަތުލައިގެންފައެވެ.


ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އޮޕަރޭޝަންތަކުގެ ތެރެއިން މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅުންހުރި މާލީ ބޮޑެތި ކުށްތަކާއި، މަނީ ލޯންޑަރިންގއާ ގުޅޭ 23 މައްސަލައެއް ތަހުގީގުކޮށްފައިވެއެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިއާއި އެފަދަ ޣައިރުގާނޫނީ އެކި އަމަލުތައް ހިންގުމަށް ބޭނުންކުރަމުންދިޔަ 11 ތަނެއް ފާހަގަކޮށް، އެ ތަންތަން ވަނީ ބަންދުކޮށްފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement