ރިޒްޓް ސެލޫންގެ ވެރިޔާ ޑީޕޯޓް ކޮށްފި
ޑީޕޯޓްކުރި ރިޒް

ރިޒްޓް ސެލޫންގެ ވެރިޔާ ޑީޕޯޓް ކޮށްފި

އިތުރު 4 މީހުންވެސް ޑީޕޯޓްކުރި

25 days ago - 18:53
Advertisement

ރާއްޖޭގައި މަގްބޫލް ރިޒްޓް ސެލޫންގެ ވެރިޔާ ރަޖަނީ ޝްރެސްތާ ޑީޕޯޓް ކޮށްފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ އޭނާ ޑީޕޯޓް ކުރީ ގަވާއިދާ ހިލާފަށް, ދޫކޮށްފައިވާ ވިސާގެ ބޭރުން ވިޔަފާރި ކުރަމުން ދިއުމުން ކަމަށެވެ. ރަޖަނީ ޝްރެސްތު ނުވަތަ ރިޒްގެ އިތުރުން 4 މީހަކު ޑީޕޯޓް ކުރި ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެ ހަތަރު މީހުންނަކީ ރިޒްގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރި މީހުންނެވެ. އެހަތަރު މީހުންގެވެސް ސައްހަ ވިސާއެއް ނެތް ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އިމިގްރޭޝަނުން ބުނީ އެމީހުން ޑީޕޯޓް ކުރީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރަމުން ދާކަމުގެ މައުލޫމާތު "އިމިގްރޭޝަން ވޮޗް" އަށް ލިބުމުން ބެލިބެލުމުގެ ތެރޭގައި އެކަން ޔަގީންވުމުން ކަމަށެވެ. 

އެމީހުން އަތުލައިގަތުމުގެ އިންސްޕެކްޝަން އިމިގްރޭޝަނުން ހިންގާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އަދި  ޑީޕޯޓް ކުރީ މިމަހުގެ 13 ވަނަ ދުވަހު ކަމަށް އިމިގްރޭޝަނުން ބުންޏެވެ.  ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް ފުޅާ އޮޕަރޭޝަނުން އިމިގްރޭޝަނުން ފުލުހުންނާ ގުޅިގެން ދަނީ ހިންގަމުންނެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement