ރާއްޖެ އާއި އިންޑިއާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދެވަނަ ބުރުގެ މަޝްވަރާތައް ނިންމާލައިފި

ރާއްޖެ އާއި އިންޑިއާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދެވަނަ ބުރުގެ މަޝްވަރާތައް ނިންމާލައިފި

41 minutes ago - 18:04
Advertisement
Advertisement

ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު ގާއިމުކުރުމަށް މަސައްކަތްކުރަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އައިއެމްއެފްޓީއޭ) ގެ ދެވަނަ ބުރުގެ މަޝްވަރާ ބައްދަލުވުންތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.


އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މި ސެޕްޓެމްބަރު މަހުގެ 20 އިން 23 ގެ ނިޔަލަށް މާލޭގައެވެ. މި ބައްދަލުވުންތަކުގައި ދެ ގައުމުގެ ސަރުކާރުގެ އިސް މަންދޫބުންނާއި، ފަންނީ ޓީމުތަކުން ވަނީ އަމަލީ ގޮތުން ބައިވެރިވެ، މުހިންމު ދާއިރާތަކުން ވާހަކަތައް ކުރިއަށް ގެންގޮސްފައެވެ.


މި ބުރުގެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި މުދާ ވިއްކުމާއި، ހިދުމަތްތައް ފޯރުކޮށްދިނުމުގެ ވިޔަފާރީގެ ދާއިރާ އިތުރަށް ފުޅާކުރުމަށެވެ. މީގެއިތުރުން، މުދާ އުފެދުނު ގައުމު ކަނޑައެޅުމުގެ އުސޫލުތައް ކަމަށްވާ "ރޫލްސް އޮފް އޮރިޖިން" އާއި، ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ އަދި ފަންނީ އެއްބާރުލުން ދިނުމާ ގުޅޭ މުހިންމު ކަންކަމާމެދުވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.


މާލޭގައި ކުރިއަށްދިޔަ މި މަޝްވަރާ ސެޝަންތަކުގައި ސަރުކާރުގެ ކަމާބެހޭ އެކި އިދާރާތަކުގެ އިތުރުން، ރާއްޖޭގެ ވިޔަފާރީގެ އެކި ދާއިރާތައް ތަމްސީލުކުރާ ހިއްސާދާރުންވެސް ބައިވެރިވިއެވެ. އަދި މި ބައްދަލުވުންތަކުގައި އެ ފަރާތްތަކުގެ ހިޔާލާއި ކަންބޮޑުވުންތައް ސަރުކާރާ ވަނީ ހިއްސާކޮށްފައެވެ.                     

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement