ޕީއެސްއެމްގެ އެމްޑީ ޒީނާ އިސްތިއުފާ ދެއްވައިފި
ޒީނާ ޒާހިރު

ޕީއެސްއެމްގެ އެމްޑީ ޒީނާ އިސްތިއުފާ ދެއްވައިފި

އިސްތިއުފާ ދެއްވި ސަބަބު ވިދާޅެއްނުވޭ

26 days ago - 18:42
Advertisement

ޕަބްލިކްސް ސަރވިސް މީޑިޔާ (ޕީއެސްއެމް) ގެ މެނޭޖިންގ ޑައިރެކްޓަރ ޒީނާ ޒާހިރު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އިސްތިއުފާ ދެއްވި ސަބަބެއް އޭނާ ވިދާޅެއް ނުވެއެވެ. ނަމަވެސް ޕީއެސްއެމް ނިއުސް އިންެވެސް ވަނީ ޒީނާ އިސްތިއުފާ ދެއްވިކަން ކަށަވަރުކޮށްދީފައެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރު ކަމަށް ޒީނާ އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އޭގެކުރިން އިންތިޚާބު ކާމިޔާބުކުރެއްވުަމށްފަހު ނޫސްވެރިންނާ ބައްދަލުކޮށްލަން ބޭއްވެވި ބައްދަލުވުމެއްގައި ޕީއެސްއެމްގެ ހިންގުން އަންހެން ބޭފުޅަކާ ހަވާލުކުރައްވާނެ ކަން އިންތިޚާބީ ރައީސްގެ ގޮތުގައި ހުންނަވާ އިއުލާނު ކުރެއްވިއެވެ. އެބައްދަލުވުމުގައި ޒީނާވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެބައްދަލުވުމުގައި އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުން ވިދާޅުވީ ސަރުކާރުގައި އަހްނެން ބޭފުޅުންނަށް ވަރަށްބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ.

ޒީނާ އަކީ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރު ކަން ކުރެއްވި ހަމައެކަނި އަންހެން ބޭފުޅާއެވެ. ނުސްވެރިއެއްގެ ގޮތުގައާއި ޕްރެޒެންޓަރެއްގެ ގޮތުގައިވެސް މަސައްކަތްކުރެއްވި ޒީނާ ވަނީ ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުކަންވެސް ކުރައްވާފައެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement