ވިނަރެސް ފްލެޓުތަކުގެ ކުލި ކުޑަކޮށްފި

ވިނަރެސް ފްލެޓުތަކުގެ ކުލި ކުޑަކޮށްފި

ވިނަރެސް ފްލެޓުތަކުގެ ޑައުން ޕޭމެންޓްގެ 50 އިންސައްތަ މި ސަރުކާރުން ކުޑަ ކޮށްފި

8 months ago - 16:06
Feb 1, 2024 - 16:08
Advertisement

ވިނަރެސް ފްލެޓުތަކުގެ ޑައުން ޕޭމެންޓްގެ 50 އިންސައްތަ މި ސަރުކާރުން ކުޑަ ކޮށްފިއެވެ.

ވިނަރެސް ފުލެޓުތަކުގެ ކުލި ކުޑަކުރަން ނިންމައި، ރައީސް އެކަން އިއުލާނު ކުރެއްވީ ހުސްވި ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހުއެވެ.

އެޗްޑީސީއިން ބުނީ މިއީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ހަފްތާ 14 ގެ މަގު ޗާޓާއި އެއްގޮތަށް އެ ކޯޕަރޭޝަންއިން ދޭން ނިންމާފައިވާ ލުޔެއްކަމަށެވެ.

އެގޮތުން، 'ލީސް ޓު އޯން މޮޑެލް'ގެ އިންޓްރެސްޓު ރޭޓު ނުވަ އިންސައްތައިން ހަ އިންސައްތައަށް ބަދަލުކޮށް، ޑައުންޕޭމަންޓު 50 އިންސައްތަ ކުޑަކޮށްފައިވާ ކަމަށެވެ. އަދި، ކުޑަކުރެވުނު 50 އިންސައްތަ ފުލެޓުގެ އަގުން ވެސް އުނިކޮށްފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

Advertisement

ޑައުންޕޭމަންޓު ދައްކަން ދީފައިވާ ތިން މަހުގެ ބަދަލުގައި ހަ މަސް ދޭން ވަނީ ނިންމައިފައެވެ.

އެޗްޑީސީން ބުނީ، ހަ އިންސައްތަ އިންޓްރެސްޓު ރޭޓުގައި ފުލެޓަށް މަހަކު ދައްކަން ޖެހޭ އަދަދު އެވްރެޖްކޮށް 4،200 ރުފިޔާ މިހާރު ކުޑަކޮށްފައިވާ ކަމަށެވެ. އަދި، އެއީ ފުލެޓުގެ އަގުން ދެވޭ ޑިސްކައުންޓެއް ގޮތުގައި ހަމަޖައްސާފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

މި ބަދަލާ އެކު، ބޭންކު ލޯނަކުން ނުވަތަ އަމިއްލަ ފައިސާއިން އެއްފަހަރައި ފުލެޓު ބައްލަވައިގެން މީހުންނަށް ވެސް ލުއިތައް ދޭން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

ބޭންކް ލޯނަށް މަހަކު އެވްރެޖްކޮށް ދައްކަން ޖެހޭ ކަމަށް ލަފާ ކުރެވޭ އަދަދުން 4،200 ރުފިޔާ ކުޑަވާނެ ގޮތަކަށް ފުލެޓުގެ އަގުން ޑިސްކައުންޓު ދޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެއްފަހަރައި ފައިސާ ދެއްކި މީހުންނަށް އެ ފައިސާ އަނބުރާ ދެވޭނެ ގޮތްތަކެއް ހަމަޖައްސަމުން އަންނަ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި ބަދަލާ ގުޅިގެން އެއްބަސްވުމަށް އަންނަ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު އެޗްޑީސީން އަންނަނީ ކުރަމުންނެވެ.

އެ ކުންފުނިން ބުނީ، ވިނަރެސް މަޝްރޫއުން ފުލެޓު ބައްލަވައިގެން މީހުންގެ ޝަކުވާތަކާއި މައްސަލަތައް ބަލައިގަނެ، އެ ކަންކަމަށް ވީހާ ވެސް އަވަހަށް ހައްލެއް ހޯދައިދޭން އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ..

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement