މަޖިލީސް އިންތިޚާބުގައި 608 ވޯޓު ފޮށި ބަހައްޓަން އީސީ ނިންމަވައިފި

މަޖިލީސް އިންތިޚާބުގައި 608 ވޯޓު ފޮށި ބަހައްޓަން އީސީ ނިންމަވައިފި

ރައްޔިތުން މަޖިލިސް އިންތިޚާބުގައި 608 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފި

8 months ago - 14:04
Feb 1, 2024 - 14:06
Advertisement

20 ވަނަ ރައްޔިތުން މަޖިލިސް އިންތިޚާބުގައި 608 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މަޖިލިސް އިންތިޚާބު ރަމަޟާން މަހާ ދިމާވާތީ ވޯޓުލުމުގެ ކަންކަން ފަސޭހައިން ކުރިއަށްގެންދިއުމަށް ވޯޓުފޮށީގެ އަދަދު އިތުރު ކުރައްވާނެ ކަމަށް ކުރިން ވިދާޅުވެފައެވެ.

ވޯޓު ފޮށިތަކުގެ އަދަދު އިތުރު ކުރުމުގެ ގޮތުން ބަލާފައިވާނީ ވޯޓުފޮށްޓަކަށް ގިނަވެގެން 600 މީހުން ވޯޓުލާގޮތް ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބުގައި ރާއްޖޭގައި 608 ވޯޓުފޮށި ބަހައްޓާއިރު މާލެ ސަރަހައްދުގައި 240 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލޭގައި 181 ފޮށި، ހުޅުމާލޭގައި 50 ފޮށި އަދި ވިލިމާލޭގައި 9 ވޯޓު ފޮށްޓެވެ.

Advertisement

މި އިންތިޚާބުގައި އަތޮޅުތަކުގައި 319 ވޯޓު ފޮށި ބަހައްޓާނެއެވެ. ރާއްޖޭން ބޭރުގެ ހަ ޤައުމެއްގައި ހަ ވޯޓިފޮށި ބަހައްޓަން ނިންމަވާފައިވާއިރު ރިސޯޓުތަކުގައި 37 ވޯޓު ފޮށި ޖަލުތަކުގައި 5 ވޯޓު ފޮށި އަދި ސިނާއީ ސަރަހައްދުތަކުގައި އެއް ވޯޓު ފޮށި ބެހެއްޓުމަށް ވެސް އިލެކްޝްސް އިން ވަނީ ނިންމަވާފައެވެ.

ބޭރު ޤައުމުތަކާއި ރިސޯޓުތަކުގައި ވޯޓުފޮށިތައް ބަހައްޓާގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވީ ނަމަވެސް ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވުމުން އެ އަދަދަށް ބަދަލު ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

އެގޮތުން، ރިސޯޓުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވަނީ އެ ރިސޯޓަކަށް މަދުވެގެން 30 މީހުން ވޯޓުލުމަށް ރީ- ރަޖިސްޓްރީ ކުރާނަމައެވެ. އަދި ބޭރު ޤައުމުތަކުގައި ވޯޓު ފޮށި ބަހައްޓާނީ އެ ޤައުމަކަށް މަދުވެގެން 150 މީހުން ވޯޓުލާން ރަޖިސްޓްރީ ކުރާނަމައެވެ.

ރީ-ރަޖިސްޓްރޭޝަންގެ ފުރުސަތުވެސް މިހާރު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލައިފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement