އިންތިހާބަށް ރީ-ރަޖިސްޓްރީވާން ހުޅުވާލައިފި

އިންތިހާބަށް ރީ-ރަޖިސްޓްރީވާން ހުޅުވާލައިފި

ރީ-ރަޖިސްޓްރޭޝަންގެ ފުރުސަތު މިހާރު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލައިފި

7 months ago - 13:52
Feb 1, 2024 - 14:07
Advertisement

ރީ-ރަޖިސްޓްރޭޝަންގެ ފުރުސަތު މިހާރު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލައިފިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.

އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމުގެ މުއްދަތު ހުޅުވާލާފައިވަނީ މި މަހުގެ 7 ވަނަ ދުވަހުގެ ހަވީރު 4:00 އާހަމައަށެވެ.

މިމުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރަޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތަކުން އެކަންޏެވެ.

Advertisement

ރިސޯޓު، ސިނާއި، ރާއްޖޭންބޭރު އަދި ޖަލުތަކުގައި ރަޖިސްޓަރީ ވެފައިވާ މީހުން އެ މީހެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރެވިފައިވާ ކަމަށް އީސީން ވަނީ ބުނެފަ އެވެ..

މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން އޮންލައިންކޮށް ފޯމު ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި މާލޭގައިނަމަ އިންތިހާބާ ބެހޭ މަރުކަޒު -- ދަރުބާރުގޭގައި އޮންލައިންކޮށް ރަޖިސްޓަރީ ކުރެވޭނެ އިންތިޒާމު ގާއިމްކޮށްފައިވާނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

ރީ-ރަޖިސްޓްރޭޝަން ކުރުމަށް އީފާސް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެނި ވެރިފައިޑް އީފާސް އެކައުންޓަކުންނެވެ.

މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު ކޮމިޝަނުގެ ވެބްސައިޓުންނާއި 1414 އަށް އެސްއެމްއެސް ކޮށްގެން ބެލޭނެ އެވެ

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement