ބާ ކައުންސިލްގެ ރައީސް ކުއްލިގޮތަކަށް އަވަހާރަވެއްޖެ
ބާ ކައުންސިލްގެ ރައީސް އިސްމާއިލް ވިޝާމް މިރޭ ކުއްލި ގޮތަކަށް އަވަހާރަވެއްޖެ
ބާ ކައުންސިލްގެ ރައީސް އިސްމާއިލް ވިޝާމް މިރޭ ކުއްލި ގޮތަކަށް އަވަހާރަވެއްޖެއެވެ.
އަމާޒްމީޑިއާއަށް މައުލޫމާތު ލިބިފައިވާގޮތުގައި ވިޝާމް އަވަހާރަވި ސަބަބެއް އަދި ނޭނގެ އެވެ.
ވިޝާމް ދަންނަ ބައެއް މީހުން ބުނި ގޮތުގައި ފެނުނީ ގޭތެރޭގައި ވެއްޓިފައި އޮއްވަ އެވެ.
އުމުރުން 39 އަހަރުވެ ވިޝާމް ވަނީ މީގެ ކުރިން އެސިސްޓެންޓް އެޓާނީ ޖެނެރަލްގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
ބާ ކައުންސިލްގެ ދެވަނަ ދައުރުގެ ރައީސްކަމަށް ވިޝާމް އިންތިހާބުކުރީ ޖޫން 11، 2022ގަ އެވެ.
ވިޝާމް އަކީ ބޮޑެތި އެކި މައްސަލަތަުގައި ވަކާލާތުކުރައްވާފައިވާ ރާއްޖޭގެ ތަޖުރިބާކާރު ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީން 2008 ވަނަ އަހަރު މާސްޓަސް ހާސިލްކުރެއްވުމަށް ފަހު ވިޝާމް 2009 ވަނަ އަހަރުން ފެށިގެން އަންނަނީ ގާނޫނީ މަސައްކަތް ކުރައްވަމުންނެވެ.
ވިޝާމް ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ފެއްޓެވީ ސުއޫދު އެންޑް އަންވަރް ލޯ ފާމުންނެވެ. އޭގެ ފަހުން 2016 ވަނަ އަހަރު އަމިއްލަ ލޯ ފާމެއް އުފެއްދެވި އެވެ. އަދި އޭނާ ބިޒްނަސް އާއި ކޮމާޝަލް ލޯގެ ދަރިންވަރުންނަށް ޕާޓް ޓައިމްކޮށް ކިޔަވައި ދެއްވި އެވެ.
ވިޝާމް އަކީ 2011 ވަނަ އަަހަރުން ފެށިގެން ޗާޓާޑް އިންސްޓްޓިއުޓް އޮފް އާބިޓްރޭޓާސްގެ އެސޯސިއޭޓް މެންބަރެކެވެ.
ރިއެކްޝަންސް