
ދިގުރަށަށުން މާލެ ދަތުރުކުރި ލޯންޗެއް އަޑިއަށްގޮސް ކަނޑުވި މީހުން ސަލާމަތްކޮށްފި
އެންމެންގެ ހާލުވެސް ރަނގަޅު, ތިބީ ދިގު ރަށުގައި
ދިގުރަށަށުން މާލެ ދަތުރުކުރި ލޯންޗެއް އަޑިއަށްގޮސް ކަނޑުވި މީހުން ސަލާމަތްކޮށްފިއެވެ. މިއަދު ހެނދުނު ހިނގި މިހާދިސާގައި 45 ދަތުރުވެރިންނާއި 3 ކްރޫން ދަތުރުކުރިއެވެ. އޭގެ ތެރޭގައި 4 ކުޑަކުދިންވެސް ހިމެނެއެވެ. ގިނައީ ފަތުރުވެރިންނެވެ. އެއެންމެންވެސް ސަލާމަތްކޮށްފައިވާ ފުލުހުން ވިދާޅުވިއެވެ.
މީހުން ސަލާމަތްކޮށް އެންމެންވެސް ވަނީ ދިގުރަށަށް ގެންގޮސްފައެވެ. އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ. އަޑިއަށް ދިޔައީ ދިގުރަށާ މާލެއާ ދެމެދު ދަތުރުކުރާ "ހުވަން" އެވެ. ހާދިސާ ހިނގީ ހެނދުނު 7:45 ހާއިރު އެވެ. ފުލުހުން ބުނީ ރޕޯރޓް ލިބުމާއެކު ވަރަށް އަވަހަށް އެމަޖެންސީ ރެސްޕޯންޑް ޓީމް އެސަރަހަށްދައް ގޮސް މީހުން ސަލާމަތްކުރި ކަމަށެވެ.
ލޯންޗުން ދަތުރުކުރި އެންމެންވެސް ތިބީ ލައިފްޖެކެޓް އަޅައިގެންނެވެ. ލައިފްޖެކެޓް އަޅައިގެން ކަނޑުގައި ދަތުރުވެރިން ތިބި މަންޒަރާއި, މީހުން ސަލާމަތްކުރާ މަންޒަރު ފުލުހުން ވަނީ ޢާއްމުކޮށްފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާބެހޭ އިދާރާއިން ވަނީ އޮރެންޖް އެލާޓް ނެރެފައެވެ.
ރިއެކްޝަންސް






