38 މީހުންާއި އެކު ލޯންޗެއް ފަޅައިގެން ގޮސް ދިޔަވާތީ ސަލާމަތީބާރުން ހަރަކާތްތެރިވާން ފަށައިފި
ހާދިސާ އާއި ގުޅިގެން ސަލާމަތީ ބާރުން އާއްމުކުރި އާއްމުކުރި ފޮޓޯ / ފޮޓޯ: އެމްއެންޑީއެފް

38 މީހުންާއި އެކު ލޯންޗެއް ފަޅައިގެން ގޮސް ދިޔަވާތީ ސަލާމަތީބާރުން ހަރަކާތްތެރިވާން ފަށައިފި

1 year ago - 14:20
Mar 2, 2025 - 14:54
Advertisement
Advertisement

38 މީހުންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް ފަޅައިގެން ގޮސް ދިޔަވަމުންދާ ކަމަށް ދިވެހިރާއްޖޭގެ ސަލާމަތީ ބާރު، އެމްއެންޑީއެފުން ބުނެފިއެވެ.

"ތިލަފުށްޓާ ދިމާ ބޭރުން ދަތުރުކުރަމުންދާ "ސުވެނިއަރ 34" ލޯންޗު ފަޅައިގެން ގޮސް ދިޔަވަމުންދާތީ،  މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ އެ އުޅަނދަށް އެހީތެރިކަން ފޯރުކޮށްދެމުން. މަޢުލޫމާތު ލިބިފައިވާގޮތުގައި އެ އުޅަނދުގައި 38  މީހުން  ދަތުރު ކުރަމުންދޭ." އެމްއެންޑީއެފުން ކުރި އެކްސް ޕޯސްޓުގައި ބުނެފައި ވެއެވެ.

އެމްއެންޑީއެފުން މި ފަދައިން ބުނެފައި ވާއިރު މިއަދު އދ. ދިގުރަށުން ފުރައިގެން މާލައަށް ދަތުރުކުރި ލޯންޗެއްވެސް ވަނީ އަޑިއަށް ގޮސްފައެވެ.

އެ ލޯންޗުންވެސް 48 މީހުން ދަތުރުކޮށްފައިވާއިރު މި އެންމެންވެސް ވަނީ ދިވެހި ފުލހުންގެ އެހީތެރިކަމާއި އެކު ސަލާމަތްކުރެވިފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement