ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ ރައްޔިތުންގެ ދުޅަހެޔޮކަން: ރައީސް މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ ރައްޔިތުންގެ ދުޅަހެޔޮކަން: ރައީސް މުއިއްޒު

1 day ago - 10:46
Apr 18, 2025 - 11:03
Advertisement
Advertisement

ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ ރައްޔިތުންގެ ދުޅަހެޔޮކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ދިވެހި ޑޮކްޓަރުންގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ޞިއްޙީ ޚިދުމަތް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގައި ދިވެހި ޑޮކްޓަރުން ދެއްވާ މަޝްވަރާއާއި އެއްބާރުލެއްވުމަށް އެންމެހާ ޑޮކުޓަރުންނަށް ޝުކުރުއަދާކުރައްވާކަމަށާއި، އަދި ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ވެސް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހި ޑޮކްޓަރުންގެ ދުވަސް މިއަދު ފާހަގަކުރަމުންދާ އިރު، ޑޮކްޓަރުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި އެސްޓީއޯ ފާމަސީތަކުގެ ބޭސް ސްޓޮކް ބެލޭނެ އޮންލައިން ޕްލެޓްފޯމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

Advertisement
Advertisement

ހަމަ މިއާއި އެކު މަތީ ތައުލީމަށް ދޫކުރާ ލޯނުން ޑޮކްޓަރުކަން ކިޔަވަމުންދާ ދަރިވަރުންނަށް ގިނަ ސްލޮޓްތަކެއްވެސް ވަނީ ހާއްސަކޮށްފައެވެ. އަދި ޑޮކްޓަރުންގެ މުސާރަވެސް ކުރިއާއި އަޅާބަލާއިރު މިހާރު ވަނީ ބޮޑު ކޮށްދެއްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement