ހިމަންދޫ ފަޅުގައި އޮތް ލޯންޗެއްގައި ރޯވީ  ކެޕްޓަނާއި ދެ ކްރީއިންވެސް ތިއްބާ- ފުލުހުން
ލޯންޗް ހިމަންދޫ ފަޅުތެރެއަށް އަޑިއަށް ގޮސްފަ:: ފޮޓޯ-ފުލުހުން

ހިމަންދޫ ފަޅުގައި އޮތް ލޯންޗެއްގައި ރޯވީ ކެޕްޓަނާއި ދެ ކްރީއިންވެސް ތިއްބާ- ފުލުހުން

ލޯންޗް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ, ފަޅުތެރެއަށް އަޑިއަށް ގޮސްފަ

12 months ago - 13:07
Apr 4, 2025 - 13:08
Advertisement
Advertisement

ރޭ ފަތިހު ހިމަންދޫ ފަޅުގައި އޮތް ލޯންޗެއް ރޯވެ އަޑިއަށް ދިޔައީ ކެޕްޓަނާއި ދެ ކްރީއިންވެސް ތިއްބާ ކަމަށް ފުލުހުން ބުނެފިއެވެ. މީގެއިތުރުން އޭރު ލޯންޗްގައި ކުޑަކުއްޖަކުވެސް ހުރި ކަމަށް ފުލުހުން ވިދާޅުވިއެވެ. ކްރީއިންނަށް ކޮންމްވެސް ވަރަކަށް އަނިޔާވި ނަމަވެސް ބޮޑު އަނިޔާއެއް ނުލިބޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިހާދިސާ ހިނގި ކަމުގެ މައުލޫމާތު ލިބުނީ ފަތިހު 5:50 ހާއިރު ކަމަށާއި, އަލިފާން ނިއްވާލީ ފުލުހުންނާއި ރަށު ކައުންސިލާއި ޢާއްމުން ގުޅިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް ލޯންޗް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހިމަންދޫ ފަޅުތެރެއަށް އަޑިއަށް ގޮސްފައެވެ. ކައެލް ވިންގް ނަމަކަށް ކިޔާ ލޯންޗް ގައި ރޯވި އަލިފާން ނިއްވާލެވުނީ ހެނދުނު 6:26 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement