ޖެނީވާގައި ރާއްޖެ ތަމްސީލްކުރާ ސަލްމާގެ މަގާމު އިއާދަކޮށްފި
ފޮޓޯ- ޕީއެސްއެމް ނިއުސް

ޖެނީވާގައި ރާއްޖެ ތަމްސީލްކުރާ ސަލްމާގެ މަގާމު އިއާދަކޮށްފި

4 hours ago - 21:39
Apr 8, 2026 - 21:40
Advertisement
Advertisement

ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ރާއްޖޭގެ ފަރާތުން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މަގާމުން ވަކިކުރުމަށްފަހު، އަލުން އެ މަގާމު އޭނާއަށް ދީފިއެވެ.


ޑރ. ސަލްމާ މަގާމުން ވަކިކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އޭނާ މަގާމުން ވަކިކުރީ ސޯޝަލް މީޑިއާގައި ދާދި ފަހުން ދައުރުވި އޯޑިއޯއެއްގެ މައްސަލައިގައެވެ. އެ އޯޑިއޯގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަސްމާ ރަޝީދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް، އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރުވާ ގޮތުގައި ޑރ. ސަލްމާގެ މަގާމު މިހާރު ވަނީ އަލުން އިއާދަކޮށްފައެވެ.


ޑރ. ސަލްމާގެ އިތުރުން، ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވެސް ހަމަ އެ ދުވަހު މަގާމުން ވަކިކުރިއެވެ. މުންދުއަކީ އަސްމާ ރަޝީދުގެ ދަރިކަލުންނެވެ. އަދި ޑރ. ސަލްމާއަކީ އަސްމާގެ ކޮއްކޮއެވެ. އެހެންނަމަވެސް، މުންދުގެ މަގާމު އިއާދަކުރި ކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.


ސަރުކާރުން ވަނީ މި ދުވަސްވަރު ސަރުކާރުގެ އިސް މަގާމުތަކާއި ކުންފުނިތަކުގެ އިސްވެރިންތަކެއް ވެސް މަގާމުން ވަކިކޮށްފައެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އާއި އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)ގެ މެނޭޖިން ޑިރެކްޓަރު ހުސައިންދީދީ ވަނީ މަގާމުން ވަކިކޮށްފައެވެ. މީގެ އިތުރުން، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވަނީ ސަރުކާރުން އަންގައިގެން މަގާމުން އިސްތިއުފާ ދެއްވާފައެވެ.


މި ބޭފުޅުން މަގާމުތަކުން ވަކިކުރަން ފަށާފައި މިވަނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ބޮޑު ނާކާމިޔާބީއެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement