"ކޫލް ސްކޫލް" މަޝްރޫއުގެ ދަށުން 113 ސްކޫލެއް އޭސީކޮށް ނިމިއްޖެ

"ކޫލް ސްކޫލް" މަޝްރޫއުގެ ދަށުން 113 ސްކޫލެއް އޭސީކޮށް ނިމިއްޖެ

2 hours ago - 07:48
Advertisement
Advertisement

ދަރިވަރުންނަށް އުނގެނުމަށް ފަހި، ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ "ކޫލް ސްކޫލް" މަޝްރޫއުގެ ދަށުން، މިހާތަނަށް 113 އަށް ވުރެ ގިނަ ސްކޫލުގައި އޭސީ ހަރުކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށް ތައުލީމީ ވުޒާރާއިން ހާމަކޮށްފި އެވެ.


ސަރުކާރުގެ ކާމިޔާބު ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދެ އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް ނިންމުމަށް އަމާޒު ހިފާފައިވާ މި މަޝްރޫއުގެ މަސައްކަތްތައް ދަނީ ބާރު ދުވެލީގައި ކުރިއަށެވެ.


ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުގެ 217 ސްކޫލެއް ހިންގަމުން އަންނައިރު، މި ހުރިހާ ސްކޫލުތަކެއްގެ ކްލާސްރޫމްތައް ފިނިކުރުމަށް ފެށި "ކޫލް ސްކޫލް" މަޝްރޫއު ރަސްމީކޮށް އިފްތިތާހުކުރީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.
ރާއްޖޭގެ ހުރިހާ ސްކޫލެއް ހިމެނޭހެން ޖުމްލަ 3،704 ކްލާސްރޫމެއް އޭސީ ކުރުމަށް އަމާޒު ހިފާފައިވާ މި ބިޔަ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ސަރުކާރުން ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާ އެވެ.
މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ދުނިޔެ ހޫނުވުމުގެ ސަބަބުން ކުރިމަތިވާ މޫސުމީ ބަދަލުތަކާ އެކު، ކްލާސްރޫމްތައް ހޫނުގަދަވުމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންނަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދީ، އުނގެނުމުގެ ފެންވަރު މަތިކުރުމެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement