ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބަހަން ބަޖެޓުގައި 86 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމަނައިފި

ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބަހަން ބަޖެޓުގައި 86 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމަނައިފި

2 hours ago - 07:45
Advertisement
Advertisement

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް ބެހުމަށްޓަކައި، ދައުލަތުގެ ބަޖެޓުން 86 މިލިއަނަށް ވުރެ ގިނަ ރުފިޔާ ކަނޑައަޅައިފި އެވެ.


ރަމަޟާން މަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި ސިޔާސަތުގެ ދަށުން ކޮންމެ ގޭބިސީއަކަށް ވެސް ފޯރުކޮށްދެނީ 48 ދަޅުގެ މަސްދަޅު ކޭހެކެވެ.


އަންނަ އަހަރުގެ ބަޖެޓުގައި މި ކަމަށް 86.8 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ. ނިމިދިޔަ އަހަރުގެ ރޯދަ ހަދިޔާ ބެހުމުގެ އިންތިޒާމުތަކަށް ބަޖެޓުކޮށްފައިވަނީ 81 މިލިއަން ރުފިޔާ އެވެ. ބަޖެޓަށް ގެނައި މި ބަދަލާއެކު، ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ މިފަހަރު ވަނީ އިތުރުކޮށްފަ އެވެ.
ސަރުކާރުން އެންމެ ފުރަތަމަ ފެށި މި ޕްރޮގްރާމުގެ ދަށުން، މިދިޔަ ރޯދަ މަހު ވެސް މުޅި ރާއްޖެއިން 111،000 އަށް ވުރެ ގިނަ ގޭބިސީއަށް ވަނީ މަސްދަޅު ކޭސް ހަދިޔާކޮށްފަ އެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement