ތައިލެންޑުން އެތެރެކުރި 3.5 ކިލޯގެ މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ތައިލެންޑުން އެތެރެކުރި 3.5 ކިލޯގެ މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

2 hours ago - 07:42
Advertisement
Advertisement

ވައިގެ މަގުން ތައިލެންޑުން ރާއްޖެ އެތެރެކުރި އެއާ ކާގޯ ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެން ގެނައި ގާތްގަނޑަކަށް 3.51 ކިލޯގްރާމްގެ ކެނަބިހާ ހަވާލުވާން ދިޔަ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.


މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިސްމާއިލް ނަސީރު އަދި މުހައްމަދު ޒިޔާދު ނަމަކަށް ކިޔާ ދެ ދިވެހިންނެވެ. މި ދެ މީހުން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެ ތަކެއްޗާ ހަވާލުވުމަށް އެއާޕޯޓުގެ ކާގޯ ސަރަހައްދަށް ދިޔަ ވަގުތު ހިންގި އޮޕަރޭޝަނެއްގަ އެވެ.


ކްރިމިނަލް ކޯޓުގެ ބަންދު އަމުރުތަކުން އެނގޭ ގޮތުގައި، މި ތަކެތި އަތުލައިގަތީ ކަސްޓަމްސުން ރޭގެ ވަގުތެއްގައެވެ. އަދި މި މަސްތުވާތަކެތި އެތެރެކޮށްފައިވަނީ ތިން ލަގެޖެއްގެ ތެރޭގައި ވަރަށް ބޮޑަށް ސިއްރުކޮށްގެންނެވެ.


ކޯޓުގައި ފުލުހުން ބުނެފައިވާ ގޮތުގައި، މި ދެ މީހުން ކާގޯ ސަރަހައްދަށް އައީ އެއް ސައިކަލެއްގަ އެވެ. އަދި މަސްތުވާތަކެތި ހުރި ތަކެތީގެ ތެރެއިން އެއް ލަގެޖު ހިފައިގެން އިސްމާއިލް ނަސީރު ދަނިކޮށް އޭނާ ހައްޔަރުކުރިއިރު، މުހައްމަދު ޒިޔާދު ހުރީ އެ މަންޒަރު ބަލަން ތަންކޮޅެއް ދުރުގަ އެވެ. އެހެންކަމުން، އޭނާގެ ހަރަކާތްތަކަށް ބެލުމަށްފަހު ފުލުހުން ވަނީ ޒިޔާދު ވެސް ހައްޔަރުކޮށްފަ އެވެ. މީގެ އިތުރުން، މި ދެ މީހުންގެ ކުޑަކަމުދާތަކެތި ޓެސްޓުކުރުމުން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ކޯޓުގައި ފާހަގަކުރި އެވެ.


ނަމަވެސް، ކޯޓުގައި ވާހަކަދައްކަމުން މި ދެ މީހުން ވެސް ވަނީ އެ ލަގެޖުތަކުގައި ހުރި މަސްތުވާތަކެއްޗާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފަ އެވެ. އެގޮތުން ޒިޔާދު ބުނީ، އެ ފޮށިތަކުގައި ހުރީ ކޮން އެއްޗެއްކަން އޭނާއަށް އެއްގޮތަކަށް ވެސް ނޭނގޭ ކަމަށާއި، އޭނާ އެތަނަށް ދިޔައީ އިސްމާއިލް އެދިގެން ސައިކަލުގައި ލިފްޓެއް ދީގެން ކަމަށެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement