އެމްއެމްޕީއާރުސީގެ ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި
އެމްއެމްޕީއާރުސީގެ ބޯޑަށް އަލަށް އައްޔަން ކުރެއްވި ދެބޭފުޅުން.

އެމްއެމްޕީއާރުސީގެ ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

2 months ago - 07:52
Jul 8, 2024 - 17:46
Advertisement

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފިއެވެ.

އެމްއެމްޕީއާރުސީން އެކްސްގައި ރޭ ކުރި ޕޯސްޓެއްގައިވާ ގޮތުން އެކުންފުނީގެ ބޯޑަށް އައްޔަންކުރި ދެ މެންބަރުންނަކީ ޢަބްދުއްސަމީއު ޢިމާދާއި  ޢާއިޝަތު ހަމީދެވެ. 

އެމްއެމްޕީއާރުސީގެ ހިންގުން ދޯދިޔާވެގެން ކަމަށް ބުނެ ދާދި ފަހުން ވަނީ އެކުންފުނީގެ ޗެއަރޕާސަންގެ މަޤާމުގައި ހުންނެވި އައިޝަތު ނޫރައިން ޖަނާހު އާއި އެކުންފުނީގެ ބޯޑުގައި މަޓީ ތަމްސީލް ކުރައްވާ މެމްބަރު ރާފިލް މުޙައްމަދު އިސްތިއުފާ ދެއްވާފައިއެވެ.  އެ ދެބޭފުޅުން  އިސްތިއުފާ ދެއްވި ފަހުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި،  ފާތިމަތު ތައުފީޤުވެސް މިދިޔަ މެއި މަހު ވަކި ކުރައްވާފަ އެވެ.  

އެމްއެމްޕީއާރުސީގެ މެނޭޑިންގ ޑިރެކްޓަރ ގެ މަގާމު ހުސްކޮށް އޮންނަތާ މަހެއްހާ ދުވަސް ފަހުން، މިދިޔަ މަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކަށް، މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހީމް ޝިއުރީ އައްޔަން ކުރައްވާފަ އެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement