ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ވޭޕް ކާޓްރިޖާއެކު ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް 30 ދުވަސް އިތުރުކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ވޭޕް ކާޓްރިޖާއެކު ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް 30 ދުވަސް އިތުރުކޮށްފި

12 hours ago - 08:48
Advertisement
Advertisement

ދެ ކިލޯއާ ގާތްކުރާ އަދަދަކަށް މަސްތުވާތަކެއްޗާއި، މަސްތުވާތަކެތި އެކުލެވޭ ކަމަށް ބެލެވޭ 230 ވޭޕް ކާޓްރިޖާއެކު މާލެއިން ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އަނެއްކާވެސް އިތުރުކޮށްފިއެވެ.


މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ މަރްޔަމް އީޝާ އަޝްރަފާއި، 26 އަހަރުގެ ހުސައިން ޝާވިންގެ އިތުރުން 25 އަހަރުގެ މުހައްމަދު ނާހިލްއެވެ. މި ތިން މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މިފަހަރު ވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ. މިއީ މި މައްސަލައިގައި އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކުރި ހަތަރުވަނަ ފަހަރެވެ.


މި ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ވޭތުވެދިޔަ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު މާލޭގެ ގެއެއް ބަލައިފާސްކުރުމަށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަނުގައި އެ ގެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 1.7 ކިލޯގެ ތަކެއްޗާއި، މަސްތުވާތަކެތި އަޅާފައިވާ ކަމަށް ޝައްކުކުރެވޭ 230 ވޭޕް ކާޓްރިޖާއި، 26 ފުޅި ވޭޕް ފްލޭވާ އަދި ބަނގުރާ ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.


ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ތިން މީހުންގެ މައްޗަށް ވެސް ކުށް ސާބިތުކުރެވޭ މިންވަރަށް ފުލުހުން ވަނީ އެކަށީގެންވާ ހެކި ހުށަހަޅާފައެވެ. އޭގެ ތެރޭގައި ފުލުހުންގެ ބަޔާންތަކާއި، ފެނުނު މަސްތުވާތަކެއްޗާއި އެމީހުންގެ ކުޑަކަމުދާ ތަކެތީގެ ތަހުލީލު ރިޕޯޓުތަކުގެ އިތުރުން، ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ސީން އޮފް ކްރައިމް އޮފިސަރުންގެ ރިޕޯޓު ހިމެނެއެވެ.
މީގެ އިތުރުން، މި މައްސަލައަކީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެކުލެވޭ ސީރިއަސް މައްސަލައަކަށް ވާތީ، ވީއެންމެ އަވަހަކަށް މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ލިޔެކިޔުންތައް ފޮނުވުމަކީ މުހިންމު ކަމެއް ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ފާހަގަކޮށްފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement