އޮޑިޓުގެ ތެރެއިން ބިންވެރިޔާ ސްކީމުން ފާހަގަވި މައްސަލަތައް ފުލުހަށް ހުށަހަޅައިފިން: އެޗްޑީސީ
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން

އޮޑިޓުގެ ތެރެއިން ބިންވެރިޔާ ސްކީމުން ފާހަގަވި މައްސަލަތައް ފުލުހަށް ހުށަހަޅައިފިން: އެޗްޑީސީ

4 hours ago - 17:25
Mar 17, 2025 - 17:27
Advertisement
Advertisement

ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ "ބިންވެރިޔާ" ސްކީމާ ގުޅޭ ގޮތުން ޚާއްޞަ އޮޑިޓެއް ހަދައި، އޭގައި ފާހަގަވި މައްސަލަތައް އިތުރަށް ތަޙްޤީޤުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅައިފިކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުރީ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލޭން ދޫކޮށްފައިވާ ބިންތަކުގެ އިމާރާތްކުރުމުގެ ހުއްދައަށް އެދޭ އިރު، އެއް ބިމަކަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކުން އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅަމުންދާކަމަށެވެ.

މިހެންވުމުން "ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރެވުނު ބިންތަކާއި ގުޅޭގޮތުން ހާއްސަ އޮޑިޓެއްކޮށް، އެ އޮޑިޓުން، އެ ސްކީމާ ގުޅޭ އެފަދަ އިތުރު މައްސަލަތަކެއް ފާހަގަވެފައިވާތީ، އެ މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށްޓަކައި، ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ކަންކަން ބަލައި، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ. މީގެ އިތުރުން އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ، ރައްޔިތުންގެ ލާބައާއި މަންފާއަށް އަދި ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ނަޒާހަތްތެރިކަމާއެކު އެންމެ ފުރިހަމައަށް ފޯރުކޮށް ދިނުމަށް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement