
ހަށިވިއްކާ މައްސަލާގައި ތިން ބިދޭސީއަކު އަތުލައިގެނެ، ދެމީހަކު ޑީޕޯޓުކޮށްފި
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީ ތިން އަންހެނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، ދެމީހަކު ޑީޕޯޓުކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ އެ މީހުން އަތުލައިގަތީ ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އޭގެތެރެއިން ދެމީހަކު މިހާރު ޑީޕޯޓުކޮށްފައިވާއިރު، އަނެއް ބިދޭސީ މީހާވެސް ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެ ތިން މީހުންނަކީ ވިއެޓްނާމް އަދި ލައޮސްއަށް ނިސްބަތްވާ 37 އަހަރާއި 44 އަހަރާ ދެމެދުގެ އަންހެނުންކަމަށާއި، އަދި މިއީ ވޯކް ވިސާގެ ދަށުން ރާއްޖޭގައި އުޅެމުންދިޔަ ބިދޭސީންކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ރިއެކްޝަންސް






